ads
މަކަރާއި ހީލަތް ހެދިކަމަށް ބުނާ މީހާ، ފުލުހުން ބުނީ ކާކުމެއް ނޭގޭކަމަށް އެދެނީ ހޯދައިދޭން
މަކަރާއި ހީލަތުގެ މައްސަލާގައިި ހޯދާމީހެއް، ކާކުކަމެއް ނޭގޭ ފުލުހުން އެހީއަށް އެދެފި
ފުލުހުންނަށް ހުށައެޅިފައިވާ މަކަރާތް ހީލަތުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ މި މީހާ ހޯދަނީ އެ އިދާރާއަށް ހުށައެޅިތަހުގީގު ކުރަމުންދާ މަކަރާއި ހީލަތް ހެދުމުގެ މައްސަލައަކާއި ގުޅިގެންކަމަށެވެ. އެހެންނަމަވެސް  އޭއީ ކާކުކަމެއް މިހާތަނަށް ދެނެގަނެވިފައި ނުވާކަމަށެވެ.

"ވީމާ، ފޮޓޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއްވާނަމަ ހުޅުމާލެ ފޭސް 1 އިންވެސްޓިގޭޝަން ނަމްބަރު 9980062 އަށް ގުޅުއްވައި ހިއްސާ ކުރެއްވުން އެދެމެވެ." ފުލުހުން ބުނެއެވެ.

ފުލުހުންވަނީ މިކަހަލަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު އާދާކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް