ads
ފުވައްމުލައް ސިޓީ - ފޮޓޯ: ވިޒިޓް މޯލްޑިވްސް
ރީޖަނަލް އެއާޕޯޓްސްއިން ފުވައްމުލަކުގައި ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރަނީ
ރީޖަނަލް އެއާޕޯޓްސްއިން ފުވައްމުލަކުގައި ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރުމުގެ އެމްއޯޔޫއެއްގައި ފުވައްމުލަކު ސިޓީ ކައުންސިލާއެކު ސޮއިކޮށްފި އެވެ.

ރީޖަނަލް އެއާޕޯޓްސްއިން މިއަދު ބުނި ގޮތުގައި ފުވައްމުލަކު ކައުންސިލާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ފުވައްމުލަކު އެއާޕޯޓާ އިންވެގެން އޮންނަ ބިޅިފޭށިގައި ޓޫރިޒަމް ޒޯނެެއް ތަރައްގީ ކުރާނެ ކަމުގަ އެވެ.

ފުވައްމުލަކު ޓޫރިޒަމް ޒޯންގެ މަޝްރޫއު ހިންގަން ބޭނުންވާ އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކުރާނީ ވެސް ކުރުމަށް ހަމަޖެހިފައިވަނީ ރީޖަނަލް އެއާޕޯޓްސް އިންނެވެ.

މި މަޝްރޫއުގެ ކޮންސެޕްޓް ޑިޒައިންގެ މަސައްކަތް ވެސް މިހާރު ނިމިފައިވާއިރު، މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި 108 ކޮޓަރީގެ ގެސްޓްހައުސްއެއް އެޅުމަށް ވަނީ ނިންމާފަ އެވެ.

މި ޓޫރިޒަމް މަޝްރޫއު ތަރައްގީ ކުރާނީ ފުވައްމުލަކު އެއާޕޯޓާ އިންވެގެން އޮންނަ ބިމުގެ ބޭނުން ރަށުގެ ރައްޔިތުންނަށް ފައިދާވާނެ ގޮތަކަށް ކުރުމަށް ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ބުނެ އެވެ.

ރީޖަނަލް އެއާޕޯޓްސްއިން ބުނި ގޮތުގައި މި ޓޫރިޒަމް ޒޯން ގާއިމްކުރުމާއެކު ފުވައްމުލަކު އެއާޕޯޓަށް ކުރާ ދަތުރުތައް އިތުރުވާނެ ކަމުގަ އެވެ. އަދި އެ ރަށުގައި ހިންގާ އެހެން ގެސްޓްހައުސްތަކަށް ވެސް އޭގެ ފައިދާ ކުރާނެ ކަމަށް ރީޖަނަލް އެއާޕޯޓްސްއިން ފާހަގަކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް