ads
ނިލަންދޫ އެއާޕޯޓަށް ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކުރަނީ
މަގޫދޫ ހުއްޓިފައި، ނިލަންދޫ އެއާޕޯޓްއަށް ބިން ހިއްކަނީ
ފ. ނިލަންދޫގައި އަޅާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.  އެމްޓީސީސީ އިން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.

މި އެއްބަސްވުމުގެ ދަށުން  42.6 ހެކްޓަރުގެ ބިން ހިއްކުމާއި ދެ ކިލޯމީޓަރުގެ ބޮޑު ހިލަ ރިވެޓްމަންޓާއި 1.4 ކިލޯމީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި މި މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 390 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އެހެންނަމަވެސް މި މަސައްކަތް ހަވާލުކުރި އަގެއް މިނިސްޓްރީއަކުން ހާމައެއް ނުކުރެއެވެ.

ނިލަންދޫގައި އެއާޕޯޓްގެ މަސައްކަތް ކުރަން ހަވާލުކުރިއިރު ރައީސް މުއިއްޒުގެ ކޮއްކޮ ފާތިމަތު ސައުދާ ގެންދަވަނީ އެ ދައިރާއަށް ވާދަކޮށް ކެމްޕެއިން ކުރަމުންނެ.

ނިލަންދޫގައި އެއާޕޯޓް އަޅަން މި ފަށަނީ އެރަށު ކައިރީގައި އޮންނަ މަގޫދޫގައި އަޅާ އެއާޕޯޓްގެ މަސައްކަތް ނިމެން ގާތްވެފައިވަނިކޮށެވެ. އެހެންނަނަމަވެސް އެ މަސައްކަތް ހުއްޓާލާފައި އޮންނަތާ ދެތިން ދުވަސްވެފައިވާކަމަށް މަގޫދޫ މީހުން ބުނެއެވެ. 

ނިލަންދޫ އެއާޕޯޓު އަޅަން ބޭނުންވާ ސާވޭކޮށް އީއައިއޭ ހެދުމުގެ މަސައްކަތް ކުރީ ވެސް އެމްޓީސީސީންނެވެ. މި އަހަރުގެ ބަޖެޓުގައި ހިމަނާފައި އޮތީ ނިލަންދޫ އެއާޕޯޓުގެ އަޅަން ބޭނުންވާ ބިން ހިއްކުމެވެ. އެއާޕޯޓު އެޅުމުގެ އަމަލީ މަސައްކަތަށްވާ ފައިސާ މި އަހަރު ބަޖެޓުކޮށްފައި ނެތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް