ads
ހައިދަރުއާބާދު - މުމްބާއީ މެޗުގެ ތެރެއިން
ރެކޯޑް ހެދި މެޗުން ހައިދަރުއާބާދު މޮޅުވެއްޖެ
އައިޕީއެލްގައި އެންމެ ގިނަ ލަނޑާއަކު ރިކޯޑު ހެދި މެޗުން ސަން ރައިޒަރސް ހައިދަރުއާބާދު މޮޅުވެއްޖެއެވެ.

ދެ ޓީމުގެ ޖުމްލަ 500 ލަނޑު ހެދި މި މެޗަކީ އައިޕީއެލްގެ ތާރީހުގައިވެސް އެންމެ ގިނަ ލަނޑު ހެދި މެޗެވެ. އިނިންގްސްއެއްގައި ހޯދި އެންމެ ގިނަ ޕޮއިންޓްގެ ރެކޯޑާ އެކު، ސަންރައިޒާސް ހައިދަރުއާބާދުން މި މެޗުން މޮޅުވީ މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ މުމްބައީ އިންޑިއަންސް އަތުން 31 ލަނޑުންނެވެ.  

ޓޮސް ދިމާވުމުން މުމްބައި އިންޑިއަންސް އިން ހޮވަން އެރުމާ އެކު، ހައިދަރުއާބާދު ޓީމުން ވަނީ ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި 30 ކުޅުންތެރިން ނުބައިވެގެން 277 ލަނޑު ހަދައިފަ އެވެ. މިއީ، އިންޑިއަން ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް އިނިންގްސްއެއްގައި ޓީމެއްގެ އެންމެ ރަނގަޅު ސްކޯ އެވެ.

ޖަވާބުގައި ކުޅެން އަރައި، މުމްބައި އިންޑިއަންސް އަށް 20 އޯވަރުގެ ތެރޭގައި، ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 246 ލަނޑެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް