ads
އުތުރުތިލަފަޅުގައި ދަނޑުވެރިކަން ކުރާނެ ޒޯނެއް ތަރައްގީކުރުމަށް އެމްއައިޑީއިން ސީއެޗްއީސީއާއެކު ފަހުމުނާމާގައި ސޮއިކުރުން -
އުތުރު ތިލަފަޅުގައި ދަނޑުވެރިކަން ކުރަން ޗައިނާއާ އެކު ސޮއިކޮށްފި
އުތުރުތިލަފަޅުގައި ބިން ހިއްކައި، ދަނޑުވެރިކަން ކުރާނެ ޒޯނެއް ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވަލޮޕްމެންޓް ފްރީ ޒޯން (އެމްއައިޑީ)އިން ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ރޭ ހަވާލުކޮށްފި އެވެ.

ރާއްޖޭގެ ފުޑް ސެކިއުރިޓީ ގާއިމް ކުރަން އެމްއޯޔޫގައި ސޮއިކުރީ އިގްތިސޯދު އެހެން ހަރުފަތަކަށް ގެންދަން ސަރުކާރުން އުފެއްދި އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންއާއި (އެމެއައިޑީ) އާއި ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއި އެކު ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯންނެއް (އޭއީޒެޑް) އާ ދެމެދު އެވެ. 

މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އާއި ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ކަންޓްރީ މެނޭޖަރ މާއޯ ބާއޯ އެވެ.

މި އެމްއޯޔޫއާއި އޭގެ ދަށުން ސޮއިކުރެވޭ އެއްބަސްވުންވެގެން ދާނީ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމާއި އިގްތިސާދު ސިންދަފާތުކުރުމާއި އިމްޕޯޓްކުރާ ކާބޯތަކެތީގެ މައްޗަށް ބަރޯސާވުން ކުޑަކުރުމަށް ރާއްޖެ އިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.

ރާއްޖޭގައި އޭއީޒެޑް ތަރައްގީކުރުމުގެ މަސައްކަތް ފައްޓަވާނެކަން ރައީސް އިއުލާންކުރެއްވީ އެމަނިކުފާނު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޗައިނާގެ ސަރުކާރާ އެކު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ފަހު އެވެ.

އޭއީޒެޑް މަޝްރޫއުގެ ތަފުސީލު

- ބިން ހިއްކުން.

- ޕްރައިމަރީ އިންފްރާސްޓްރަކްޗާ ތަރައްގީކުރުން.

- ދަނޑުވެރިކަމުގެ އިންޑަސްޓްރިއަލް ޕާކް ހެދުން.

- ފަސިންޖަރުންނާއި މުދާ އުފުލުމުގެ ޓާމިނަލްތައް ހެދުން.

- މި މަޝްރޫއާ އެކު ރާއްޖޭގެ ތަރުކާރީ އާއި މޭވާ އުފެއްދުމުގެ ބޭސްއެއް ހުންނާނެ.

- އެގްރިކަލްޗަރަލް ޓެލެންޓް ޓްރެއިނިން ބޭސްއެއް ހުންނާނެ.

- އެގްރިކަލްޗަރަލް ޕްރޮޑަކްޓްސް ލޮޖިސްޓިކްސް ޑިސްޓްރިބިއުޝަން ސެންޓަރެއް ވެސް ހުންނާނެ.

"މާނައަކީ ދަނޑުވެރިންނާއި ޕްރޮސެސްކުރާ ފަރާތްތައް އަދި ޑިސްޓްރިބިއުޓް ކުރާ ފަރާތްތަކަށް ޒަމާނީ ވަސީލަތްތަކާ އެކު ވާށާޖެހޭ ހައްލެއް އެއްތަނަކުން ލިބިގެންދާ އެވެ،" އެ ކުންފުނިން ބުންޏެވެ.

އޭއީޒެޑް އަކީ ބޭނުންވާ އެހީތެރިކަމާއި އިންފްރާސްޓްރަކްޗާ މެދުވެރިކޮށް ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކޮށް، ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ތަރައްގީކޮށްފައިވާ ހާއްސަ ސަރަހައްދެކެވެ.

އެސްޓީއޯއިން ބުނެފައިވަނީ މޭވާއާއި ތަރުކާރީއަށް އަދި ދަނޑުވެރިކަމަށް މީހުން ތަމްރީނުކުރާ ބަޔަކު ވެސް މި މަޝްރޫއު ނިމޭއިރު ތިބޭނެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ގާތްގަނޑަކަށް 800،000 މީހުންނަށް ސީދާ މަންފާކުރާނެ ކަމަށް ސީއެޗްއީސީން ބުނެއެވެ. އެ ގޮތުން ދިވެހީންގެ އާންމު ދިރިއުޅުމަށްކުރާ ޚަރަދުތައް 40 އިންސައްތައިން ދަށްކުރުމަކީ މި މަޝްރޫއުގެ އަމާޒެކެވެ.

ސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ދަށުން ރާއްޖޭގެ އިގްތިސާދު ފުޅާކޮށް ވަރުގަދަ ކުރުމަށްޓަކައި ބޮޑެތި މަޝްރޫއުތަކެއް ރާވާފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް