ads
ޕީޕީއެމްގެ ތަރުޖަމާން ހީނާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
މަޖިލީސް އިންތިހާބުގެ ޕްރޮގްރެސިވް ކޮންގްރެސްގެ ތަރުޖަމާނަކަށް ހީނާ
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ތަރުޖަމާނަކަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯގެ މަގާމު ފުރުއްވަމުން ގެންދަވާ ހީނާ ވަލީދު ހަމަޖައްސައިފި އެވެ.

ހީނާއަކީ މިހާރުވެސް އެ ކޯލިޝަނުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ބޭފުޅެކެވެ. ހީނާ ގެންދަވަނީ ޕީޕީއެމްގެ ޗީފް ސްޕޯކްސް ޕާސަންގެ މަގާމުވެސް އަދާކުރައްވަމުންނެވެ. 

އޭޕްރިލް 21ގައި އޮންނަ މަޖިލިސް އިންތިޚާބަށް އެމްޑީޕީގެ އިތުރުން ވެރިކަން ކުރާ ޕީޕީއެމް ޕީއެންސީން ވެސް ކެމްޕެއިން ހަރަކާތްތައް ވަރުގަދަކޮށްފަ އެވެ. 

އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ސަރަހައްދުގައި ކެމްޕެއިން ކުރައްވަމުންގެންދަވާއިރު އެމްޑީޕީގެ އިސް ބޭފުޅުން އަންނަނީ އަތޮޅުތެރެއަށް ވަޑައިގެން ކެމްޕެއިން ކުރައްވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް