ads
ކަރަންޓާއި ފެން ބިލް ކެޕްކުރާނީ މިދިޔަ އަހަރުގެ އެވެރަޖަށް ބަލާފައި
މިމަހުގެ ކަރަންޓާއި ފެން ބިިލް ކެޕްކުރާނީ މިދިޔަ އަހަރުގެ އާއްމު މަހެއްގައި ކަރަންޓާއި ފެނަށް ހޭދަކުރި މިންވަރަށްކަމަށް ޔޫޓިލިޓީ ރިގިއުލޭޓަރީ އޮތޯރިޓީން ބުނެފިއެވެ.

އެއޮތޯރިޓީން ބުނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، މި އަހަރުގެ މާރިޗް މަހުގެ ކަރަންޓާއި ފެނުގެ ޚިދުމަތަށް ބިލުކުރާއިރު ކޮންމެ ޑޮމެސްޓިކް ކަރަންޓު އަދި ފެން މީޓަރަކުން އާންމު މަހަކާ އެއްވަރަށް ބިލްކުރުމަށް ނިންމާފައިވާކަމަށެވެ. 

މިގޮތުން އާންމު މަހެއްގައި ކަރަންޓާއި ފެނަށް ހޭދަކުރި އެވްރެޖް މިންވަރު ބަލާފައިވާނީ މިދިޔަ 2023 އަހަރުގެ ރަމަޟާން މަސް ފަދަ ޑިމާންޑް މަތި މަސްތައް އުނިކުރުމަށް ފަހުގައިކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ. 

މި ބަދަލާއި އެކު  ޑޮމެސްޓިކް ކަސްޓަމަރުންނަށް ބިލްކުރާއިރު މި އަހަރުގެ މާރިޗް މަހުގެ ބިލަށް އަރާ އަދަދާއި ރަމަޟާން މަހުގެ ޑިސްކައުންޓުގެ ގޮތުގައި ދެވޭ އަދަދާއި އާންމު މަހެއްގައި އެ ކަސްޓަމަރަކު ބޭނުންކުރި އެވަރެޖު އަދަދު ބިލުން ފެންނަގޮތަށް ހިމަނުމަށް ހުރިހާ އާންމު ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކަށް އަންގާފައިވާކަމަށްވެސް ޔޫޓިލިޓީ ރިގިއުލޭޓަރީ އޮތޯރިޓީން ބުނެއެވެ.

ފެނާއި ކަރަންޓް ބިލް ކެޕް ކުރާނެކަމަށް ރައީސް މުއިއްޒު ވިދާޅުވީ ރޯދައިގެ ކުރިން ރާއްޖޭގެ ބައެއް ރަށްތަކަށް ކުރެެއްވި ދަތުރުތަކުގައި ބ. އޭދަފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް