ads
ތަޤުވާ މިސްކިތުގެ ފަންކާތައް ވަގަށް ގެންދަނީ. ތިން ރޭ މަތިން 7 ފަންކާ ގެންގޮސްފައިވާކަމަށް ކައުންސިލުން ބުނޭ
މިސްކިތްތަކުން ވައްކަން ކުރުން ހައްދުން ނެއްޓިފައި، ތިން ރެއިން 7 ފަންކާ
މި ރޯދަމާއި ދިމާކޮށް މިސްކިތްތަކުން ވައްކަން ކުރުން އިތުރުވެއްޖެއެވެ.

މާލޭ މިސްކިތަކުން ވައްކަން ކޮށްގެން އެކަން ހާމަކުރިތާ މާގިނައިރުތަކެއް ނުވަނީސް އަނެއްކާވެސް އެހެން މިސްކިތަކުން ބަޔަކު ވައްކަން ކުރާ މަންޒަރު މާލޭ ސިޓީ ކައުންސިލުން މި ވަނީ އާއްމުކޮށްފައެވެ. 

މިފަހަރު ވައްކަން ކުރީ ތަޤުވާ މިސްކިތުންނެވެ. ސިޓީ ކައުންސިލުން ބުނީ ތިން ރޭ މަތިން އެ މިސްކިތުން 7 ފަންކާ ވަގަށް ނަގާފައިވާކަމަށެވެ. އަދި އެ މަންޒަރުތައް ފެންނަ ވީޑިއޯ ފުޓޭޖް މިހާރު ވަނީ ފުލުހުންނާއި ހިއްސާކޮށްފައިވާކަމަށްވެސް ކައުންސިލުން ބުނެއެވެ. 

ރޭ މިވަނީ ދަރުމަވަންތަ މިސްކިތުގައި ހުރި ފެންމޯޓަރުވެސް ވަގަށް ނާގާފައެވެ. އެ މޯޓަރު ވަގަށް ނަގާފައިވަނީ އެ މިސްކިތުގައި ހުރި ފަންކާތަކެއް ވަގަށް ނަގައިގެން ގެންދިޔަތާ ހަފްތާއެއްވެސް ނުވަނީސްއެވެ.އަދި އެ މައްސަލަ ފުލުހުން ބަލަމުންވެސް އަންނަނިކޮށެވެ.

މިސްކިތްތަކުން ވައްކަން ކުރުން އިތުރުވެފައިވާއިރު އާއްމުކޮށް ވައްކަން ކުރަމުން އަންނަނީ އެއް މިސްކިތްތަކުންކަން ސިޓީ ކައުންސިލުން އާއްމުކުރާ މައުލޫމާތުތަކުން އެނގެއެވެ. 

މިރޯދަ މަސް ފެށުނުތާ ކުރީކޮޅު މާލޭގެ ދެ މިސްކިތެއްގައި އަންހެނުން ނަމާދުކުރާ ބަޔަށް ބަޔަކު ވަނީ ގެއްލުންވެސް ދީފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް