ads
"އަހާ" ފޯރަމްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަ ދައްކަވަނީ - ފޮޓޯ: ޕީއެސްއެމް
ޑިޖިޓަލް ވޮލެޓްތަކުން މުއާމަލާތް ކުރެވޭ ގޮތް ވުމަކީ މުހިންމު ފިޔަވަޅެއް: މިނިސްޓަރު
ބޭރު ރުފިޔާ ޓްރާންސްފާ ކުރުމުގެ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓް ހިމެނޭހެން, ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން ކުރިން ބްލޮކްކޮށްފައިވާ ބޭރުގެ މާޗަންޓުން އަންބްލޮކް ކޮށް މުއާމަލާތް ކުރެވޭގޮތްވުމަކީ މުހިއްމު ފިޔަވަޅެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވިގޮތުގައި މިއީ ފްރީލާންސްކޮށް މަސައްކަތް ކުރާ މީހުންނާއި ކުދި ވިޔަފާރިވެރިންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ.

"އަދި ހަމައެހެންމެ މިއީ ބޭންކިން އާއި ޕޭމަންޓް ހިދުމަތްތަކުން ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެޅިގެންދާ އިތުރު ފިޔަވަޅެއްވެސްމެ." ކާލް ވިދާޅުވި އެވެ.

އޮންލައިންކޮށް އެކި އެއްޗެހި ވިއްކައިގެންނާއި އެކި މަސައްކަތް ކޮށްގެން ބޮޑު އާމްދަނީއެއް ހޯދުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވަރަށް އާއްމު ކަމެކެވެ. ނަމަވެސް ރާއްޖޭގެ ބެންކިން ނިޒާމު އޮތްގޮތުން އެ ފުރުސަތު ދިވެހީންނަށް އޮތީ މިހާތަނަށް ވަރަށް ދަތިކޮށެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ބީއެމްއެލްގެ ނިންމުމަށް މަރުހަބާ ވިދާޅުވެފަ އެވެ.  

ސައީދު ވިދާޅުވީ، ކުދި ވިޔަފާރިތަކާއި ފްރީލާންސްކޮށް ރާއްޖޭން ބޭރުގައި މަސައްކަތްތަކާއި މުދާ ވިއްކާ ފަރާތްތަކަށް ޑޮލަރުން ފައިސާ ލިބޭނެ މަގު ފަހިވެގެން ދިޔުމަކީ، އެ ފަރާތްތަކުގެ ކާމިޔާބީ އާއި ކުރިއެރުމަށް އެޅި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

ރާއްޖޭގައި ކްރިއޭޓިވް ނުވަތަ ފަންނީ ސިނާއާތްތަކަށް ފަހިވާ އިކޮނޮމީއެއް ގާއިމްކުރުމަށްޓަކައި އޮންލައިން ޕޭމަންޓް ޕްލެޓްފޯމްތައް މެދުވެރިކޮށް، ފައިސާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް