ads
ސެކަންޑް ޗާންސް..!؟
(31 މާރިޗު 2024 އާ ގުޅޭ) އަހަންނަށް ފެނުނީ އަހަރެންގެ ރައްޓެހިން ސޯފާކައިރީގައި ތިއްބައެއެވެ. އެމީހުން އެއްފަރާތުގައެވެ. އެމީހުން ކުރިމަތީގައި ފެންތައްޓެއް ހިފައިގެން މިޒްރާ ހުއްޓެވެ.
Advertisement

ފުންނޭވާއެއް ލާފައި ހިންދިރުވާލީމެވެ. އަދި ސުވާލުތަކަށް ޖަވާބު ދިނުމަށް އަހަރެންގެ ނަފުސު ތައްޔާރު ކޮށްލީމެވެ. ފޯނު ސައިލެންޓަށް ލެވުނު މޮޔަ ހިތައް އެރިއެވެ.

ސިޓިންރޫމުން ސިފަވަނީ އެއްބަޔަކު ހަނގުރާމައަކަށް ތައްޔާރުވެފައިވާ މަންޒަރެވެ. ދެންމެ ދެންމެ ފެށިދާނެހެން ހީވިއެވެ.

"ގޯޑް އެގެއިން ހަރ..!" ޕްރީޝާ ބުނެލިއެވެ.

"ވަޓް ދަ ހ-ލ އާރ ޔޫ ޑުއިންގ ހިޔަރ" މަހެކް ބުނެލިއެވެ.

"އައި.. އައި ސްޓޭ ހިއަރ" މިޒްރާ ބުނެލިއެވެ.

"އޯ ހެލޯ! ހެނދުނުގެ ކޮފީ ކަމު ނުދިޔައީތަ..؟ އެއަށްވުރެން ތާޒާ ކޮފީއެއް ބޭނުންވީތަ.." ޕްރީޝާ ރުޅިގަދަވަމުން ދިޔައެވެ.

އެމީހެއްގެ ދުލަށް އައިހައި އެއްޗެއް މިޒްރާއި ދިމާއަށް ކިޔަމުން ދިޔައެވެ. އެޅުވުނު އިލްޒާމެއް އަޅުވަމުންދިޔައެވެ. ހިތައް އައިހައި މަލާމާތެއް ކުރިއެވެ. އިސްޖަހައިލައިގެން މިޒްރާ ހުއްޓެވެ. ދިފާއުގައި އެންމެ ލަފްޒެއްވެސް ނުބުނެއެވެ. އަހަރެންގެ އެކުވެރިންގެ އަމަލުތަކުން މިޒްރާ ލަދުގަނެ، ހިތްދަތިވެފައިވާކަން އެގެއެވެ.

"އާހހހ ގައިޒް.." މާހައުލު ބަދަލުކުރުމަށް އެދެމެދަށް އަހަރެން ވަނީމެވެ.

"ނާދިފް..! މިގޭގައި މީނަ ކީއްކުރަނީ؟" ހަރުކަށިކަމާއެކު މަހެކް ސުވާލުކުރިއެވެ.

"އާއއއއ.. އުމމމމ.. އައި.." ބުނަން ބޭނުން އެންމެ ލަފްޒެއްވެސް ދުލަކަށް ނައެވެ. ބުނާނެ އެއްޗެއް ނުވެސް އެނގުނެވެ.

ރައްޓެހިންނަށް އަބަދުވެސް ދީފައި އޮންނާނެ ޔަގީންކަމަކީ އަހަރެންގެ ގޭގައި މިނިވަންކަމާއެކު، އެއްވެސް އުނދަގުލެއް ކުރިމަތިނުވެ އެމީހުން ބޭނުންކަމެއް ކުރެވޭނެކަމެވެ. ޕްރެކްޓިސްކުރާ އެއްވެސް ވަގުތެއްގައި މިޒްރާ މިގޭގައި ހުރިޔަނުދޭނެކަމަށްވެސް އަހަރެން ވާނީ ވަޢުދުވެފައެވެ.

"ނާދިފް.. ފުރަތަމަ ކަމަކަށް އަހަރުމެންގެ މެސެޖްތަކަށް ނާދިފް ޖަވާބު ނުދިނުން.. ދެވަނަ ކަމަކަށް އަހަރުމެންގެ ކޯލްތަކަށް ޖަވާބު ނުދިނުން.. ދެން މިއައީ ގެއަށް! އައިރު މިހިރަ ބިކާރީ މިއުޅެނީ، އޭނާގެ އަމިއްލަ ތަނެއްގައި އުޅޭހެން މުޅި ގެ އަމިއްލަ ކޮށްގެން..! މިވާ ގޮތެއް ނާދިފް އަހަރުމެންނަށް ތަފްސީލް ކޮށްދީފާނަންތަ؟" މަހެކްގެ ރުޅިގަނޑު ބާލައިލިއެވެ.

ހަދާނެ ގޮތެއް ނޭގުނެވެ. އެކަމަކު ކޮންމެވެސް ގޮތެއް ހަދަން އެބަޖެހެއެވެ. މިކަން ހައްލުކުރަން އެބަޖެހެއެވެ. އެކަމަކު ހެދޭނީވެސް ކިހިނެއް ހެއްޔެވެ؟

އަހަރެން މިޒްރާއަށް ބަލައިލީމެވެ. އިސްތަށަށްޖަހައިގެން އެ ހުރިގޮތަށް ހުރީއެވެ. އަމިއްލަޔަށް އެއްޗެއް ވިސްނިގެންވެސް މިތަނުން ދާކަށް ނޫޅުނެވެ. އޭނާ އެ އިންތިޒާރުކުރަނީ ކާކުގެ އޯޑަރަކަށްބާއެވެ! ނުވަތަ ވަކި މީހެއްގެ އިންޒާރަކަށް ބާއެވެ.

"ޔޫ ބ**.. " ހަޑިހުތުރު އިބާރާތްތަކުން ޕްރީޝާ މިޒްރާއާއި ކުރިމަތިލިއެވެ.

އިތުރު ޑްރާމާއެއް އަހަރެން ބޭނުމެއް ނޫނެވެ. މިއަދު އޮފީހުގައި ފުދޭވަރުވިއެވެ.

"އިނަފްފފ.." އެންމެން ސިއްސައިގެން ދާވަރަށް އަހަރެން ހަޅޭއްލަވައިގަތީމެވެ.

"އެންޑް ޔޫ..!" އަހަރެން މިޒްރާއާއި ކުރިމަތިލީމެވެ.

ސީދާ އަހަރެންގެ މޫނަށް މިޒްރާ ބަލައިލިއެވެ.  މިހާރުވެސް ދެ ލޯ ހުރީ ދުޅަވެ ރަތްވެފައެވެ. އޭނާގެ އަތުގައި ހިފައި ދަމާފައި އޭނާގެ ކޮޓަރިއަށް ގެންދިޔައީމެވެ. މިކަން މި ކުރީ އަހަރެންގެ މިހަރަކާތައް ޖަވާބުދާރީ ވާންޖެހޭނެކަންވެސް އެނގިހުރެއެވެ. އެކަމަށް  ފަރުވާލެއް ނެތެވެ.

އެތެރެއަށް ވަދެވުމާއެކު ބާރަށް ދޮރު ލެއްޕީމެވެ. އޭނާ އަތުގައި އަހަރެން ހިފެހެއްޓިތަން ހުންނާނީ ރަތްވެފައިކަންވެސް އެގެއެވެ.

އަހަރެންގެ އަތުގެ ތެރެއިން އަތް ދަމައިގަނެފައި އެތަނުގައި އޭނާ ފިރުމާލިއެވެ. އަދި އަހަންނާއި ދިމާއަށް ބަލައިލިއެވެ.

"މިޒްރާ.. ކަލޭ ކީއްކުރަން ތިރިއަށް ދިޔައީ؟"

"އެކްސްކިއުޒްމީ..!! އަހަރެން މިވަގުތު ދިރިއުޅެނީ މިގޭގައި.. އޯކޭ! އެކަމުގައި ނާދިފްގެ ރައްޓެހިންގެ މައްސަލައެއް އޮތުމަކީ އަހަރެންނާއި ބެހޭކަމެއް ނޫން!"

"ތިއީ އަހަރެންގެ ސުވާލުގެ ޖަވާބެއް ނޫން.." އަހަރެން ހަޅޭއްލަވައިގަތީމެވެ.

"އަހަންނާއި ދިމާއަށް ތިގޮތަށް ހަޅޭއްލަވާކަށް ނާދިފްއަކަށް ނުޖެހޭނެ" މިޒްރާ އޭނާގެ ދިފާއުގައި ކުރިމަތިލިއެވެ.

އެމީހުންގެ ފުރައްސާރައިން ސަލާމަތް ކުރީމައިވެސް ހަރުކަށިކަމާއެކު އަހަރެންނާއި މިޒްރާ ކުރިމަތިލީއެވެ. މިގޮތަށް އެއްވެސް މީހަކު އަހަންނާއި ޖަދަލުކުރުމަކީ އަހަރެން ވަރަށް ނަފްރަތުކުރާ ކަމެކެވެ.

ބާރަށް މިޒްރާގެ އަތުގައި ހިފައި ދަމައިގެންފައި ދޮރުގައި އޭނާބުރަކަށި ޖައްސާފައި ފިއްތާލީމެވެ.

"ބޭރުގައި ތިބި މީހުންނާއި ދިމާއަށް އިސްއުފުލައި ބަލައިލަންވެސް ނުކެރިފައި.. ހުރިހާ ރުޅިއެއް މަށަށްތަ ތި ބާލަނީ؟"

"ނާދިފް އަހަންނަށް ތަދުވޭ! އަހަރެން ގައިން ދޫކޮށްލާ!!"

އަހަރެންގެ އަތުގެ ތެރެއިން ސަލާމަތްވާން މިޒްރާ ގަދަ ދެއްކިއެވެ. އޭނާގެ އަތުން ދޫކޮށްލާއި އުނަގަނޑުގައި ބާރަށް ހިފެހެއްޓީމެވެ.

"އަހަރެން މިބުނީ އަހަރެން ގައިން ދޫކޮށްލާށޭ..!"

"ޝަޓް-އަޕް! ކަލެޔަކަށް ހިޔެއް ނުވޭތަ.." އަހަރެންގެ ޖުމުލަ ނިންމިޔަނުދީ މިޒްރާ ރައްދު ދިނެވެ.

"ހީނުވަނީ ކޯންޗެއް.. ބުނެބަލަ.. ހީނުވެގެން ތިއުޅެނީ ކޯންޗެއް..؟ ނާދިފްއަކަށް ހިޔެއް ނުވޭތަ، އަހަރެން މިތަނަށް ގެނައީ ނުބުނަނީސްކަމެއް ؟ އަހަރެން ބުނިންތަ ދަމާފައި ގެނެސް މިތަނަށް ވައްދާށޭ..؟ ބުނިންތަ އެމީހުން ކިބައިން ސަލާމަތް ކޮށްދޭށޭ..؟ މިއަދު ރަގަޅަށް ނާދިފްގެ ޕްރީޝާއަށް ޖަވާބު ދޭނަމ...!"

"ޖަސްޓް- ޝަޓް- އަޕް"

"ކިހިނެއްވީ؟ ހިތަށް ތަދުވީތަ..؟ އަޑުއަހަން ކެތްނުވީތަ..؟"

ގަދަކަމުން، އަހަރެންނާއި ދޮރާއި ދެމެދު މިޒްރާ ފިއްތާލީމެވެ. ގަދަ ދައްކާނެ ޒައްރެއްގެ މިންވަރު ޖާގައެއްވެސް އޭނާއަށް ނުދެމެވެ.

"ދެން އަހަރެން ހަދަންވީ ގޮތެއް ބުނެބަލަ؟ ކަލޭމެންގެ މެލޯޑްރާމާ ބަލަން ހުރުމުގެ ޝައުގުވެރިކަމެއް ނެތް.. ޔަގީނުންވެސް މި ގޭގައި އެކަމެއް ނުކުރެވޭނެ!"

"ނާދިފް.. އަހަރެންގެ ގައިން ދޫކޮށްލާށޭ!"

"މިޒްރާ.. އަޑު އަހާބަލަ! އެތައް ދުވަހަކުން ފެށިގެން އަހަރެން މިއަންނަނީ މިކަން ތަހަންމަލް ކުރަމުން.. އަހަރުމެން ދެމީހުންނަކަށް އެކުގައި ނޫޅެވޭނެ! އަހަރުމެން ދެމީހުންނަކީ ދުނިޔޭގެ ދެބައްރު ފަދަ ތަފާތު ދެމީހުން.. އެއްގޮތް އެއްކަމެއްވެސް އަހަރުމެން ދެމެދުގައި ނެތް.. ކީއްވެގެންތަ މިޒްރާއަށް މިކަން ނޭގިގެން ތިއުޅެނީ؟ ކީއްވެގެންތަ އަހަރެންގެ ދިރިއުޅުމުން ނުދާންވެގެން ވަކިހިއްޕާލާފައި ތި ހުންނަނީ؟  ބޭނުންވެގެން ތިއުޅެނީ ކޮންކަމެއްތަ؟ ފައިސާ ބޭނުންވަންޏާވެސް ބުނެބަލަ!"

ސީދާ އަހަރެންގެ ލޮލަށް މިޒްރާ ބަލައިލި އެވެ.

"އިނގޭތަ ނާދިފް.. މީގައި އަސްލު ހަގީގީ ކުއްވެރިޔަކީ އަހަރެން! ނާދިފް ތިބުނަނީ ހަމަ ރަގަޅަށް.! އަހަރުމެން ދެމީހުންނަކީ ވަރަށް ތަފާތު ދެމީހުން.. އަހަރެން ހަގީގަތުގައިވެސް ކޮށްގެން ނުވާނެ ކައިވެންޏެއް މިއީ.. ވަންނާން ހިތައްވެސް އަރުވައިގެން ނުވާނެ ހިޔާވައްސަކަށް ވަދެވިފައި މިހުރީ!"

"އޮހް.. އެކަން ވިސްނިއްޖެ ދޯ!  ވަރިވާން ހުށަނާޅާ ތިހުންނަނީ ކީއްވެ؟ އަހަރެން ބޭނުމެއް ނޫން މިކައިވެނީގެ ދަންމަޅީގައި ބަނދެވިގެން ހުންނާކަށް"

ގައިގައި ހުރި ބާރެއްލާފައި މިޒްރާ އަހަރެން ކޮށްޕާލިއެވެ. އެ ބާރުގައި އޭނާގެ ގައިން އަހަރެން ދޫކޮށްލީމެވެ. ހަމަ އެހިނދުކޮޅުގައި އަހަރެންގެ ޓީޝާޓްގައި ބާރަށް މިޒްރާ ހިފެހެއްޓިއެވެ. ރުޅިގަދަވެގެން އޭނާގެ މޫނު ރަތްވެއްޖެއެވެ.

"ވަރިވާނަން..! ނާދިފްއާއެކު އެންމެ ދުވަހަކުވެސް ދިރިއުޅޭކަށް އަހަރެން ބޭނުމެއްނޫން.. އަހަންނަކަށްނޭގެ އަހަރެންގެ ފަރާތުން ނާދިފްއަށް ލިބިގެން ތިއުޅޭ ދެރައަކީ ކޮބައިކަމެއް.. ދުވަހަކުވެސް ހިއެއްނުކުރަން.. މިދުނިޔޭގައި އެއްވެސް އިންސާނަކު އަހަރެންނާމެދު ތިފަދަ ނިކަމެތިކޮށް އަމަލުކޮށްފާނެ ކަމަކަށް.. ފުރަތަ ދުވަހު އަހަރެން ނިދީ ތަޅުންމަތީގައި.. އަހަރެންގެ ކާއެތިކޮޅުވެސް ނާދިފް އުކާލީ..! އަހަރެންގެ ކެބިންވެސް، އަހަރެންގެ ކިބައިން ނިގުޅައިގަތީ ހަމަ ނާދިފް.. އަހަރެންނަށް އަދަބެއްގެ ގޮތުގައި ނާދިފްގެ އެސިސްޓެންޓަކަށްވެސް  ހަދާލި..! އޫޕްސް.. ސޮރީ.. ނާދިފްގެ އަޅަކަށް އަހަރެން ހަދާލީ.. އަހަރެންގެ ކުރިމަތީގައި ނާދިފްގެ ގަރލްފްރެންޑާއި ދެމީހުން ނުހިންގަނީ ކޮން އަމަލެއް..؟ އެއީ ކާކަށްޓަކައި ނާދިފް ކުރި ކަންކަމެއް..؟ އެ ޕްރީޝާ އަށްޓަކައި..؟ އެއިން އެއްވެސް ކަމަކާއި އަހަރެން ޝަކުވާއެއް ކުރިންތަ..؟ އެއިން ކަމަކަށް އަހަރެން ބަދަލުހިފިންތަ؟ އަހަރެންގެ ކުށަކީ ކޮބާ ނާދިފް؟؟" އޭނާގެ ދެ ލޯ ކަރުނުން ފުރިފައެވެ. ދެ ކޯތާފަތުން ހުއްޓުމެއްނެތި ކަރުނަ އޮހޮރެމުން ދިޔައެވެ. ތުންފަތް ތުރުތުރު އަޅައެވެ.

އަހަރެންގެ ނަޒަރު މިޒްރާއާއި ދުރަކަށް ނުލެވުނެވެ. ބުނާނެ އެއްޗެއްވެސް ނޭގުނެވެ. އިސްޖަހައިލައިގެން ހުރެފައި އަނެއްކާވެސް އަހަރެންގެ މޫނަށް އޭނާ ބަލައިލި އެވެ.

ހިނދުކޮޅަކަށް ނަމަވެސް އަހަރުމެންގެ މާހައުލު ހަމަހިމޭންވިއެވެ. މިޒްރާގެ ގިސްލުމުގެ އަޑު ނޫނީ ނީވެއެވެ. އަހަރެންގެ ޓީޝާޓުން އޭނާގެ އަތް ދޫކޮށްލިއެވެ.

"ނެއްތަ ނާދިފް ކިޔާނެ އެއްޗެއް..؟ ބުނާނެ ހަމައެކަށްޗެއްވެސް ނެތީތަ؟" ނުރުހުމާއެކު ބުނެލަމުން އަހަރެންނާއި ދުރަށް ފިޔަވަޅެއް އެޅި އެވެ.

އެއާއެކު ދޮރުހުޅުވާފައި ދެއަތުން ކަރުނަ ފޮހެމުން ދުވެފައި ކޮޓަރީން ނިކުތެވެ.

ލިބުނު ޝޮކްގައި ގުޑާލަންވެސް ނޭގިފައި އަހަންނަށް ހުރެވުނެވެ. ދާދިދެންމެ މިޒްރާ އެދެއްކި ވާހަކަތަކުން އަހަރެންގެ ލޭހިނގުން ހުއްޓުނު ފަދައެވެ. އޭނާގެ ކޮންމެ އިބާރާތެއްގައި ވަނީ ރިހުމެވެ. ދެ ލޮލުގައިވަނީ ވޭނާއި ހިއްދަތިކަމެވެ. އަދަދު ނުކުރެވޭހާ ޝަކުވާއެވެ. އެކަމަކު މިޒްރާގެ އެ އަމަލުން، އަހަރެންނަށް ރިހުން މިލިބުނީ ކީއްވެހެއްޔެވެ؟ އެބަސްތަކުން އަހަރެންގެ ހިތައް ތަދުވީ ކީއްވެ ހެއްޔެވެ؟ ހުރިހާ ކަމަށްވުރެ ބޮޑު ސުވާލަކީ... މިޒްރާ.. މިގަޑީގައި އެދިޔައީ ކޮންތާކަށް ހެއްޔެވެ؟

....................

މިއަދު އޮފީހުގައި ޕްރީޝާކުރި ކަންތަކަށް ޖަވާބުދޭން އަހަރެން މިރޭ ވަރަށް ބޭނުންވިއެވެ. އެކަމަކު ނާދިފްއާއި ހެދި އެކަންވެސް ނުވީއެވެ. އަހަރެންގެ އަތުގައި ހިފައި ދަމާފައި އެތަނުން ގެންދިޔައީއެވެ. އަހަންނަ ނުވިސްނޭ އެއްޗަކީ އޭނާ ޕްރީޝާގެ ކިބައިން އަހަރެން ސަލާމަތްކުރީތޯ ނުވަތަ މިފަހަރުވެސް އޭނާ އެކަން އެކުރީ ޕްރީޝާގެ ދިފާއުގައި ތޯއެވެ. އަނެއްކޮޅުން ބަލާއިރު، ނާދިފްއާއި ދެކޮޅަށް ޕްރީޝާ ކުރަމުން ގެންދާ ކަންތައްތަކުގެ ލިސާނެއްވެސް އޭނާއަށް ނުވަނީބާ އެވެ.

ދެފައިގައި ހުރި ބާރެއް ލާފައި އަހަރެން ހިނގަމުން ދިޔައީމެވެ. ދެވޭ ނުދެވޭ ތަނެއް ނޭގެއެވެ. މިވަގުތު އަހަރެން ބޭނުމީ ނާދިފްގެ ހިޔަނިވެސް ނޭޅޭ ހިސާބަކަށް ދާށެވެ.  އޭނާގެ ނަންވެސް ހިތައް ގެންނާކަށް ބޭނުމެއް ނޫނެވެ. އެ ނަން ހިތައް އެރިޔަސް ބޮލަށް އެނބުރުން އަރައެވެ. އެ ނަމަށްވެސް އަހަރެން ނަފްރަތުކުރަމެވެ.

ދެވޭ ނުދެވޭތަނެއް ނޭގި އަހަންނަށް ވަރަށް ދުރަށް އާދެވިއްޖެއެވެ. ޔަގީންވާކަމަކީ އަހަރެން ދެން އެނބުރި އެ ގެއަށް ދާން ބޭނުން ނުވާކަމެވެ. އެ ގެއިންވެސް އޭނާގެ ދިރުއުޅުމުންވެސް އަހަރެން ދުރަށް ދާނަމެވެ. އެނޫންގޮތަކަށް މިދުނިޔޭގައި އަހަންނަށް ހަމަނޭވާއެއް ލެވޭކަށް ނެތެވެ.

ދެފައި ވާޅުވެ، ފައިގެ ދަށްފުށުގައި ރިއްސާން ފެށުމުން ހުއްޓުނީމެވެ. ވަށައިގެންވީ ސަރަހައްދަށް ބަލައިލެވުނެވެ. އާންމު ރަށުތެރެއާއި ބަލާފައި އަނދިރިއެވެ. ބިރުން ހިތް ތެޅިގަތީ ހުރެވުނުތަން އެނގުނީމައެވެ. ފިއްކަނޑައިގެން ދިޔައީ ވެރިވެފައިވާ އަނދިރި ކަމުގެ ސަބަބަކުން ނޫނެވެ. އެކަމަކު އަހަރެންގެ ވަށައިގެން ފެނުނު މީހުންގެ ސަބަބުންނެވެ. އަނެއްކާވެސް އެމީހުންނެވެ. މިފަހަރުވެސް އަހަރެން އެކަންޏެވެ.

....................

އޭނާގެ ކޮޓަރީން ބޭރަށް އަހަރެން ނިކުތީމެވެ. މިޒްރާ ނިކުމެގެން އެދިޔައީ ކޮންތާކަށް ބާއެވެ. މިހާރު ގާތްގަނޑަކަށް އެގާރަގަޑި ބައިވަނީއެވެ. ހަގީގަތަށް ބުނަންޏާ،  އަހަރެން ވަރަށް  ކަންތައް ބޮޑުވެއްޖެއެވެ. ކޮންމެހެން އޭނާއަށް އަޅައިލުމުގެ ނުވަތަ އޯގާތެރިވުމުގެ ގޮތަކުން ނޫނެވެ. އެކަމަކު އަންހެން ކުއްޖަކަށްވެފައި މިފަދަ ގަޑިއެއްގައި މިޒްރާ ކަހަލަ އަންހެންކުއްޖަކު އެކަނި މަގުމަތީގައި އުޅުމަކީ ރައްކާތެރިކަމަކަށް ނުވާތީ އެވެ.

"ނާދިފް.. އޭނާ އެ ދިޔައީ ކޮންތާކަށް..؟" އަމަން ސުވާލުކުރި އެވެ.

"ކޮންމެހެން އޭނާއަށް މާ  އޯގާތެރި މީހަކަށް ވާންއުޅޭނެ ކަމެއްނެތް އަމަން" ފޫހިރާގެއްގައި ޕްރީޝާ ބުނެލިއެވެ.

"ނަސީބެއް ނިކުމެގެން ރައްކާވިކަން" އަހާން ބުނެލިއެވެ. އެ ދަރަޖައިގައި އޭނާގެ ބަހުރުވަ ގެންގުޅެންފެށީ ކޮންއިރަކު ބާއެވެ.

"އޯކޭ ގައިޒް- ލެޓްސް ޕްރެކްޓިސް" މަހެކް ބުންޏެވެ.

އަހަރެންގެ ރައްޓެހިން މިހައި އަމިއްލައެދުން ބޮޑު، ދަށުދަރަޖައިގެ ބަޔަކަށްވީ ކޮން އިރަކު ހެއްޔެވެ؟ ރޮމުން ކަރުނަ ފޮހެމުން ރޭގަނޑުގެ މިހާ ދަންގަޑިއެއްގައި މިޒްރާ ގެއިން ނިކުމެގެން ދިޔަކަމަށްޓަކައި އެމީހުން އުފާފާޅުކުރަނީ އެވެ.

"ގައިޒް.. އަހަރެންގެ ވަރަށް މުހިއްމު މަސައްކަތެއް އެބައޮތް.. މާދަމާގެ ވަގުތަކަށް ޕްރެކްޓިސް ލަސްކޮށްލަން ވީނުން" ހުޅުވިފައިވާ ދޮރާއި ދިމާއަށް ބަލަމުން އަހަރެން ބުނީމެވެ.

"ވަޓް- ނޯ.. މިރޭ ހަމަ ޕްރެކްޓިސް ކުރިއަށް ގެންދަން ޖެހޭނީ" ޕްރީޝާ ބުނެލި އެވެ.

"އިޓްސް އޯކޭ ގައިޒް.. ލައްކަ ޑްރާމާ ކުޅެވިއްޖެ.. މިހިސާބުން މިރެއަށް ނިންމާލާފައި ދެން ޕްރެކްޓިސްކުރާނީ މާދަމާ" އަހަންނާއި ދިމާއަށް ބަލަމުން އަމަން ބުނެލި އެވެ.

"ތިއުޅެނީ އޭނާ ދިޔަތާކުން ހޯދަން ދާންވެގެންދޯ" މަހެކް  ކުރިމަތިލި އެވެ.

"ތިހުރިހާ މީހުން ވަރަށް ބޮޑަށް ބަދަލުވެއްޖެ" އެންމެންނަށް ބަލަމުން އަހަރެން ބުނީމެވެ.

"އަހަރުމެންތަ ބަދަލުވީ..؟ ނޫނީ ނާދިފްތަ ބަދަލުވީ.. އަމިއްލަ ނަފުސާއި ސުވާލުކޮށްބަލަ" ޕްރީޝާވެސް އަހަންނާއި ދިމާއަށް އައެވެ.

"ނިންމާލާ..! މިހިސާބުން މިކަން ނިންމާލާ!" އަމަން ހަޅޭއްލަވައިގަތެވެ.

"ނާދިފް.. އޭނާ ހުރިތާކުން ހޯދައިގެން ގެއަށް ގެންނަން ދޭ.. މި ދަންގަޑީގައި އަންހެންކުއްޖަކަށް ރަށުތެރެ ރައްކާތެރިއެއް ނުވާނެ.. އޭނާ އެދިޔައީ ވަރަށް ހިއްދަތިވެގެން.. ވަރަށް ރުޅިވެސް ގަދަވެގެން.. ކޮންމެފަދަ ކަމެއްވެސް ވެދާނެ.. އަވަހަށް ދޭ.!" އަހަރެން ކޮނޑުގައި ޖަހައިލަމުން އަމަން ބުނެޏެވެ.

ހަގީގަތުގައި އަހަރެން ހައިރާންވެސް ވިއެވެ. އަމަންގެ މިސިފަ އަހަރެން މީގެ ކުރީން ނުދެކެމެވެ. އަހަރެންގެ ހާލަތު ދެނެގަތް ހަމައެކަނި އެކުވެރިޔަކީ އަމަންއެވެ. ހިނިތުންވަމުން ބޯޖަހާލާފައި އަހަރެން ބޭރަށް ދުއްވައިގަތީމެވެ.

.............

ހަމައިގައި ހުރި އެކަކުވެސް މިތަނުގައި ނެތެވެ. މި ވަދެވުނީ ހައިބަނޑާ އޮތް ސިންގާއެއްގެ އަނގަތެރެއަށެވެ.

"އޭ ގަޓޭ.. މިއީ އެއް..ކެއަ.. ދޮންމަންޖެ ދޯ" އެތަނުން އެކަކު ބުނެލިއެވެ.

"މިރޭ ބޯއިފްރެންޑް ފޮނުވީމަ އެ އައީ.." އެހެން މީހަކު ބުނެލިއެވެ. އެމީހުންގެ ގައިންނާއި އެތަނުން ދުވަމުންދިޔަވަހުން އަހަރެންގެ މޭނުބައިކުރާން ފެށިއެވެ. ވީ އެންމެ އަވަހަކަށް އެތަނުން ސަލާމާތްވެގެން ދުވެ ފިލޭނެ ގޮތެއް  ވިސްނީމެވެ. މަޑުމަޑުން ފަހަތައް ފިޔަވަޅު އަޅަން ފެށީމެވެ. ކޮންމެވެސް ހަރުތަނެއްގައި ބުރަކަށިޖެހުމުން ފަހަތް ބަލައިލީމެވެ. ސުބުޙާނަﷲއެވެ. އަހަރެންގެ ދުވަސް މި ދިޔައީއެވެ. ދަންތުރައިގައި ބެދެވި ނިމުނީއެވެ. އަހަރެންގެ ބުރަކަށި ޖެހިފައިހުރީ ފާރެއްގައެވެ. ކުރިމަތީގައި ތިބީ އެ ނުބައި ތިން މީހުންނެވެ.

"ހެލްޕް!" ބަލާކަށް ނުހުރެ، ހަޅޭއްލަވައިގަތީމެވެ. މަގުމަތީން ހިނގާމީހަކަށް ފެނުނަސް، އެތަނުގައި ހިނގާކަމަކަށް އަޅާއިނުލާނެކަން އެނގިހުރެ އަހަރެންގެ ދިފާއުގައި ހިއްވަރު ކުރީމެވެ.

އަހަރެންގެ ނިކަމެތިހާލަށްޓަކައި އެމީހުން ބާރަށް ހޭންފެށިއެވެ.

"މަންޖޭ.. ކޮން ހެލްޕަކަށް ގޮވާކަށް..؟ ކޮޕުންވެސްތިބޭނީ އަހަރުންގެ ދަށުގައި"

ކުރިއަށްވުރެން ބާރަށް އެމީހުން ހޭންފެށިއެވެ. އަހަރެންނާއި ފާރާއި ދެމެދުގައި ހުސްކަމެއްނެތް މިންވަރަށް، ގަދަކަމުން އެމީހުން އަހަރެން ފިއްތާލިއެވެ. އެހެންމީހަކު އަހަރެންގެ އަނގަމަތީގައި ބާރަށް އަތް އެޅިއެވެ. ސަލާމަތް ވާންވެގެން އަހަރެން ގަދަދެއްކީމެވެ. ހަށިގަނޑުގައި ހުރިބާރެއްލާފައެވެ.

"ދުވަހަކު ނުނަގާވަރަށް މިރޭ އުފާ ނަގަންވާނެ" ބުނެލިއަޑު އިވުނެވެ. އެންމެ ހިނދުކޮޅަކަށްވެސް ގަދަދެއްކުން އަހަރެން ހުއްޓައެއް ނުލަމެވެ. ދެން ފެނުނީ ވަޅިއެއް ހިފައިގެން އެތަނުން މީހަކު އަހަންނާއި ދިމާއަށް އަންނަތަނެވެ.

"އެންމެ އަޑެއް ލައްވާލިޔަސް، ދޫ ބުރިކޮށްލާނަން"

 -ނުނިމޭ-

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް