އެސްޓީއޯ އިން އިނގުރާއި ލޮނުމެދު ރާއްޖެ ގެނެސްފައި މިވަނީ ރާއްޖޭގެ ބާޒާރުގައި އިނގުރާއި ލޮނުމެދުގެ އަގު ކުޑަކޮށް އުފުލެން ފަށާފައިވަނިކޮށެވެ.
ކެއިންބުއިމަށް ކުރާ ހޭދަ އިތުރުވާ ރޯދަމަހު އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް އަބަދުވެސް ވަނީ މި ދުވަސްވަރު ކާބޯތަކެތީގެ އަގު އުފުލުމެވެ. އާންމުކޮށް ބޭނުންކުރާ ބާވަތްތައް، ރޯދަ ނޫން މަސްތަކާ އަޅާ ބަލާއިރު އަގު ބޮޑުވުމެވެ.
ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ އިން އަންނަނީ ބާޒާރުގައި ތަކެތީގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރަމުންނެވެ.
އެގޮތުން އެސްޓީއޯ އިން މި އަހަރުވެސް ރޯދައާ ދިމާކޮށް ފިޔާ، ބިސް އަދި އަލުވި އިތުރަށް އެތެރެކޮށް ހެޔޮ އަގުގައި ފޯރުކޮށްދިނެވެ.