ޕާކިސްތާނުގެ ކްރިކެޓް ބޯޑުގެ ދިގު މަޝްވަރާތަކަކަށް ފަހު ބާބަރު އަލުން ކެޕްޓަންކަމަށް އައްޔަން ކުރިއިރު، ޖޫން މަހު އޮންނަ ޓީޓުވެންޓޯ ވޯލްޑްކަޕަށް ޕާކިސްތާނުން އަންނަނީ ތައްޔާރުވަމުންނެވެ.
ކުރިން ޕާކިސްތާނުގެ ކެޕްޓަންކަމުގައި ހުރި ބާބަރު އެ މަގާމުން މިދިޔަ އަހަރު ފަހުކޮޅު އިސްތިއުފާ ދިނީ ވޯލްޑްކަޕްގެ ސެމީ ފައިނަލަށް ޕާކިސްތާނަށް ނުދެވުމުންނެވެ. އުމުރުން 30 އަހަރުގެ ބާބަރު، ޕާކިސްތާނުގެ ކްރިކެޓް ޓީމުގެ ކެޕްޓަނަކަށް ކަނޑައެޅީ، 2019 ވަނަ އަހަރު އެވެ.
ބާބާރުގެ ކެޕްޓަންކަމުގެ ދަށުން ޕާކިސްތާން 20 ޓެސްޓުގެ ތެރެއިން 10 މެޗުން މޮޅުވިއެވެ. މިދިޔަ އޮގަސްޓް މަހު ދުނިޔޭގެ އެއް ދުވަހުގެ ބައިނަލްއަގްވާމީ ރޭންކިންގެ އެއް ވަނަ އަށް ދިޔަ އިރު، އޭގެ ކުރީ އަހަރުގެ ޓީ20 ވޯލްޑް ކަޕްގެ ފައިނަލުން ޕާކިސްތާނު ބަލިވިއިރުވެސް ބާބަރު އަޒާމްއަކީ ކެޕްޓަންއެވެ.