ސަރުކާރުގެ ކެންޑިޑޭޓުންގެ ގޮތުގައި ރައްޔިތުން މަޖިލީހަށް ހުޅުމާލޭ ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތެއް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މަޝްރޫއުތައް ހުއްޓާލީ މިދިޔަ އެމްޑީޕީ ސަރުކާރުންކަމަށެވެ.
ހިޔާ ފްލެޓް ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ މިހާރުވެސް 527 މަޝްރޫއެއްގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަކަމަށެވެ. އޭގެތެރޭގައި މިދިޔަ ސަރުކާރުން ހުއްޓާލި މަޝްރޫއުތައްވެސް ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުން މަސައްކަތްތައް ފަށާފައި ކޮންޓްރެކްޓަރުންނަށް ފައިސާ ނުދީ ހުރިކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް ވަނީ މިރޭވެސް ތަކުރާރުކުރައްވާފައެވެ. ރައީސް މުއިއްޒު ވިދާޅުވީ މަޝްރޫއުތައް ހުއްޓިފައި ހުރީ އެ ކޮންޓެރްކްޓަރރުން ދޭން ޖެހޭ ފައިސާ ނުދީގެންނާއި މިސް މެނޭޖްކުރުމުގެ ސަބަބުންކަމަށެވެ. އަދި ސަރުކާރާއި ހަވާލުވެ މަޝްރޫތައް ހުއްޓިފައި ހުރި ސަބަބުތައް ބަލާ ކޮންޓެރްކްޓަރުންނަށް ފައިސާ ދީ އެ މަސައްކަތްތައް ފަށާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ހާމަކުރެއްވި ހިސާބުތައް ( ވެރިކަމަށް ވަޑައިގެން އިރު ހުއްޓިފައި ހުރި އަދަދުތަކާއި އެކު )
އިދިކޮޅު އެމްޑީޕީންނާއި ރައީސް ޔާމީންވެސް ވިދާޅުވަމުން ގެންދަވަނީ މި ސަރުކާރުން ވެރިކަމަށް އައިސް ހިންގަމުންދިޔަ ތަރައްޤީގެ މަޝްރޫތައް ހުއްޓާލާފައިވާކަމަށެވެ. ރައީސް ޔާމީން މިދިޔަ އާދިއްތަ ދުވަހުގެރޭ ވިދާޅުވީ މިދުވަސްވަރު ޑޮލަރު ފަސޭހައިން ގަންނަ ލިބެނީ ސަރުކާރުން ޑޮލަރުގެ މައްސަލަ ހައްލުކުރަން އެޅި ފިޔަވަޅެއްގެ ސަބަބުން ނޫންކަމަށާއި އެކަން އެހެންވީ ސަރުކާރު ތަރައްގީގެ މަޝްރޫއުތައް ނުހިންގާތީކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;