
އެމަނިކުފާނުން މިހެން ވިދާޅުވީ މިރޭ ހިޔާ ސަރަހައްދުގައި ބޭއްވި ސަރުކާރު ކޯލިޝަންގެ ކެމްޕެއިން ޖަލްސާއެއްގައެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެ ވަަޑައިގެން ގޮތަށް ގޯތި ލިބުނު މީހުންނަށް އެތަންތަން ދެއްވާނެކަމަށެވެ. އެހެންނަމަވެސް ގިރާވަރާއި ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުވެފައިވާތީ އައު ރަޖިސްޓްރީތަކެއް ހަދަން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ގިރާވަރާއި ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން މިދިޔަ ސަރުކާރުން ހެދި ގޮތަށް ފާޑު ވިދާޅުވަމުން ރައީސް މުއިއްޒު ވިދާޅުވީ އެކަން ކޮދްފައިވަނީ ގޮޅިތަކެއް ޖަހާލާ ގޮތަށްކަމަށެވެ. އެތަނުގައި މަގެއް ސްކޫލެއް ހޮސްޕިޓަލެއްވެސް ނެތްކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުން ހިނގި ބިންވެރިޔާ ސްކީމްގެ ދަށުން 9001 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.. އޭގެތެރެއިން 1351 ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހިންނެވެ. ދެން ހުރި ގޯތިތައް ދިނުމަށް ނިންމާފައިވަނީ ގިރާވަރާއި ގުޅި ފަޅުންނެވެ.