ads
ސަސްޕެންޑްކޮށްފައިވާ ކުރުސީގެ އެކައުންޓް
"ހަސަން ކުރުސީ"ގެ އެކައުންޓް ސަސްޕެންޑުކޮށްފި
އެކްސްގައީ ކާކުކަން ނޭގޭ ގޮތަށް ހިންގަމުން އަންނަ ހިންގަމުން އަންނަ "ހަސަން ކުރުސީ" އެކައުންޓު އެކްސް އިން ސަސްޕެންޑުކޮށްފިއެވެ.
Advertisement

މި އެކައުންޓް ސަސްޕެންޑްކޮށްފައިވަނީ ރޭ ރާއްޖޭގެ ގަޑިން ދަންވަރުގެ ވަގުތެއްގައެވެ. އެ އެކައުންޓުން މިހާތަނަށް ކޮށްފައިވާ އެއްވެސް ޕޯސްޓެއް މިހާރަކު ނުފެނެެއެވެ. 

މީގެކުރިންވެސް ދެފަހަރަކަށް "ހަސަން ކުރުސީ" އެކައުންޓް ސަސްޕެންޑްކުރިއެވެ. އެހެންނަމަވެސް މާގިނައިރުތަކެއް ނުވެ އަނެއްކާވެސް ވަނީ ސަސްޕެންޝަން ދޫކޮށްލާފައެވެ. 

ކުރީގެ ޓްވީޓާ މިހާރުގެ އެކްސްގައި ކާކުކަން ނޭގޭގޮތަށް ސަރުކާރާއި އެކި ފަރާތްތަކަށް ފާޑުކިޔަމުން އަންނަ "ހަސަން ކުރުސީ" ގެ އެކައުންޓް ފަހަތުގއި ވަނީ ކާކުކަން ހޯދުމަށް މިދިޔަ ސަރުކާރުގައި ފުލުހުންވެސް މަސައްކަތް ފެށިއެވެ.  އަދި އެކައުންޓްގެ ފަހަތުގައިވަނީ ކާކުތޯ ހޯދުމަށް ފުލުހުންގެ އެދުމުގެ މަތިން ކްރިމިނަލްކޯޓުން ވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 1 ވަނަދުވަހު ކޯޓް އަމުރެއްވެސް ނެރެފައެވެ. ފުލުހުން "ހަސަން ކުރުސީ"ގެ ނަމުގައި ހިންގަމުންދާ އެކައުންޓުގެ ވެރިފަރާތައް ކުރަނީ ޝަހުސު އޮޅުވާލުމުގެ ތުހުމަތެވެ. 

ޓްވިޓާގައި "ހަސަން ކުރުސީ" ގެ ނަމުގައި އެ އެކައުންޓް ހިންގާ ކަމަށް އެންމެ ފުރަތަމަ އަޑުފެތުރުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ގުޅުވައެވެ. އެވާހަކަތައް ފެންމަތިވުމުން ރައީސްނަޝީދުވަނީ އެ އެކައުންޓްގެ ފަހަތުގައި ވަނީ ކާކުތޯ ބަލައިދިނުމަށް އެދި ފުލުހުންނަށް މައްސަލަވެސް ހުށައަޅާފައެވެ. 

ރައީސް ނަޝީދުގެ ފަހުން  އައްޑޫ ސިޓީ ކައުންސިލާއި ގުޅޭ ކޮރަޕްޝަންތަކެއްކަމަށް ބުނެ ކުރި ޓްވީޓްތަކާއި ގުޅިގެން އައްޑޫ ސިޓީގެ މޭޔަރު  އަލީ ނިޒާރުވެސް ވަނީ "ހަސަން ކުރުސީ" އަކީ ކާކުކަން ހޯދާދިނުމަށް އެދިފައިއެވެ. 

"ހަސަން ކުރުސީ" އެކައުންޓުން ފުރަތަމަ ކޮޅު ދިޔައީ މިިދޔަ އެމްޑީޕީ ވެރިކަމަށް ތައުރީފުކުރަމުންނެވެ. އޭގެ ފަހުން މިދިޔަ ވެރިކަމުގައި ފަހުކޮޅު އެމްޑީޕީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދިޔައެވެ. އަދި މިހާތުގެ ސަރުކާރަށްވެސް "ހަސަން ކުރުސީ" އެކައުންޓުން އަންނަނީ ފާޑުކިޔަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް