
އެ ކޮމިޝަނުން ބުނީ މި ޕާޓީ އުފެއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ހުއްދަ ދިނީ ގއ.ކޮލަމާފުށި/ އޯޝަންރީޑް މުޙައްމަދު ޢަޒީމަށެވެ.
އެންމެފަހުން ސިޔާސީ ޕާޓިއެއް އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަދިނީ ކުރީގެ ރައީސް ޔާމީން އިސްވެ އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް ) އެހެންނަމަވެސް އެޕާޓި އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ މިހާތަނަށް ބާއްވާފައެއް ނުވެއެވެ.
ޕާޓީ އުފައްދަން ޕީއެންއެފްއިން ހުށައެޅި 3370 ފޯމުގެ ތެރެއިން 1313 ފޯމް ފުރިހަމަ ނޫންކަމަށް މީގެކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި އެ ފޯމުތަކުގައި ހުރީ އިދާރީ މައްސަލަތަކެއްކަމަށާއި އެކަން ރަނގަޅުކުރަމުންދާކަން ޕީއެންއެފްއިންވެސް ވަނީ ބުނެފައެވެ.
އީސީގެ ދަފްތަރުގައިގައި މިހާރުވެސް 10 ސިޔާސީ ޕާޓިއެއް އެބައޮތެވެ. މީގެތެރެއިން 10 ހާސް މެމްބަރުން ހަމަވަނީ އެންމެ ހަތަރު ޕާޓީއެއްގައެވެ. އެއީ ވެރިކަން ކުރާ ޕީއެންސީއާއި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ އިތުރުން އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީއާއި ޖުމްހޫރީ ޕާޓިއެވެ.
މެމްބަރުން ތިބި އަދަދު
- އެމްޑީޕީ 52142 މެމްބަރުން
- ޕީޕީއެމް 36223 މެމްބަރުން
- ޕީއެންސީ 28201 މެމްބަރުން
- ޖޭޕީ 18349 މެމްބަރުން
ސިޔާސީ ޕާޓީގެ ދަފްތަރު ދައްކާގޮތުން އެންމެ މެމްބަރުން މަދީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އުފައްދަވާފައިވާ އެމްއާރުއެމްގައެވެ. އެޕާޓީގެ މެމްބަރުންގެ އަދަދަކީ 2210 އެކެވެ. ކުރީގެ ރައީސް ނަޝީދު އެމްޑީޕީން ވަކިވެޑައިގެން އެމަނިކުފާނު އިސްކޮށް ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސްގެ މެމްބަރުންގެ އަދަދަކީ 4259 އެކެވެ.