ހުޅުމާލޭގައި ބޮޑުމަގުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި އިން ހެލްމެޓް ބަޔަކު ނަގާ ވީޑިއޯއެއް އިއްޔެރެއިން ފެށިގެން ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ.
މި ވީޑިއޯ އިން ފެންނަ ގޮތުން އެ ހެލްމެޓް ވަގަށް ނަގަންނަނީ އެހެން ސައިކަލެއްގައި އަންނަ ދެ ޒުވާނުންކަމަށް ބެލެވެއެވެ. އަދި މި ދެމީހުން މިކަން ކުރަނީ ސައިކަލުގައި ޕޭވްމަންޓް މައްޗަށް އަރުވައިގެން ގޮހެވެ. މިމީހުން ހެލްމެޓް ނެގި ވަގުތަކީ އެ މަގުމަތި ހަލަބިލި ވަގުތެއްކަންވެސް ވީޑިއޯއިން އެނގެއެވެ.
ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވީ ވީޑިއޯގައި ފެންނަ ޢަމަލު ތަޙްގީގުކުރަމުން އަންނަކަމަށެވެ. އަދި އެކަން ކުރިކަމަށް ތުހުމުތުކުރެވޭ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށްވެސް ޝިފާން ވިދާޅުވިއެވެ.