ads
ކެލާގެ ފަޅުތެރޭގައި ރިސޯޓް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓްގެ އެމްއޯޔޫގައި ސޮއިކޮށް މިނިސްޓަރު ފައިސަލް އޮފިޝަލުންނާއެކު ފޮޓަށް ހުއްޓި ވަޑައިގެން
ކެލާ ރިސޯޓް ޕްރޮޖެކްޓްގެ އެމްއޯޔޫގައި މިނިސްޓަރު ސޮއިކޮށްފި
ހއ. ކެލާ ފަޅުތެރޭގައި ރިސޯޓު ތަރައްގީކުރުމަށް ޓޫރިޒަމް މިނިސްޓްރީ އާއި ކެލާ ކައުންސިލާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެމްއޯޔޫގައި ޓޫރިޒަމް މިނިސްޓްރީން ސޮއި ކުރެއްވީ މިނިސްޓަރު އިބްރާހިމް ފައިސަލް ކެލައަށް ވަޑައިގެން އެރަށުގައި ބޭއްވި ރައްމިއްޔާތެއްގައި މިނިސްޓަރު ފައިސަލެވެ. 

ކެލައަށް ވަޑައިގެން މިނިސްޓަރު ފައިސަލް ވަނީ ކެލާގައި ހިންގާނެ އެފަދަ އެހެން ބައެއް ޕްރޮޖެކްޓްތަކުގެ މައުލޫމާތު އޮޅުންފިލުއްވަވާފަ އެވެ.

ކެލާ ފަޅުތެރޭގައި ތަރައްގީ ކުރާ ރިސޯޓް ޕްރޮޖެކްޓްގެ ފުރިހަމަ ތަފުސީލުތައް އަދި ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ފައިސަލް ވިދާޅުވީ އަމާޒަކީ މި ދައުރުގެތެރޭގައި ކެލާ ފަޅުތެރެއިން ބިން ހިއްކާ ރިސޯޓެއް ތަރައްގީކޮށް، ފަތުރުވެރިކަމަށް ހުޅުވާލުން ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ކެލާއަށް ކުރެއްވި ދަތުރުފުޅުގައިވަނީ، ކެލާ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީކުރުމުން، އެރަށުގެ އިތުރުން، އެސަރަޙައްދުގެ އެހެން ރަށްރަށުގެ ޒުވާނުންނަށްވެސް ރަށް ކައިރީގައި ވަޒީފާ އަދާކޮށް އާމްދަނީ ހޯދޭނެ ފުރުސަތު ފަހިވެގެންދާނެކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް