ads
މޯލްޑިވިއަންހެ ސީޕްލޭނެއް ---- ފޮޓޯ: ޕީއެސްއެމް
މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ތޮއްޑުއަށް ފަށަނީ
މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް އއ. ތޮއްޑުއަށް ފެށުމަށް ތައްޔާރުވާން ފަަށައިފި އެވެ.

ތޮއްޑޫ ކައުންސިލްގެ ރައީސް އަހްމަދު ކަރަމް ވިދާޅުވި ގޮތުގައި އެ ރަށަށް ސީޕްލޭންގެ ދަތުރުތައް ފެށުމަށް އިނީޝިއަލް ސާވޭއަށް މޯލްޑިވިއަންގެ ބޯޓެއް އެ ރަށަށް ގޮސްފައިވާ ކަމުގަ އެވެ.

އޭނާ ވިދާޅުވީ މިއީ ތޮއްޑޫގެ ރައްޔިތުން ދެކެމުން އައި ދުވަސްވީ ހުވަފެނެއް ކަމަށާއި، ވަރަށް އަވަހަށް ސީޕްލޭން ޝެޑިއުލް ދަތުރުތައް ފެށޭނެ ކަމަަށް އުއްމީދުކުރާ ކަމަށެވެ.

ތޮއްޑޫއަކީ ލޯކަލް ޓޫރިޒަމްގައި މަޝްހޫރު، ފުޅާދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރި ކުރަމުން އަންނަ ރަށެކެވެ.

މޯލްޑިވިއަނުން މިހާރު ދަނީ ރިޒޯޓްތަކުގެ އިތުރުން ބ. ފުޅަދުއަށް ވެސް ސީޕްލޭން ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް