ads
ކައްދޫ އެއާޕޯޓަށް މޯލްޑިވިއަން ގެ ފުލައިޓެއް ޖައްސާފަ - ފޮޓޯ: އެއާގޭޓު މޯލްޑިވެސް
މޯލްޑިވިއަނުން އައްޑޫ އާއި ކޫއްޑޫއާ ދެމެދު ސީދާ ދަތުރުތައް ފަށަނީީ
ގައުމީ އެއާލައިން މޯލްޑިވިއަނުން އައްޑޫ އާއި ކޫއްޑުއާ ދެމެދު ސީދާ ދަތުރައް ފަށަން ނިންމައިފި އެވެ.

މޯލްޑިވިއަން އިން ބުނީ، މި އަހަރުގެ އޮކްޓޯބަރު މަހުގެ 29 ވަނ ދުވަހު ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ކޫއްޑޫ އެއާޕޯޓާ ދެމެދު ދަތުރުތައް ފަށާނެ ކަމަށެވެ.

މި ދަތުރުތައް ފެށުމަށްފަހު ކޮންމެ ހަފްތާއެއްގެ ވެސް ހޮނިހިރު އަދި އަންގާރަ ދުވަހު ގަމުން ކޫއްޑު އަށް އަދި ކޫއްޑޫ އިން ގަމަށް ދަތުރުތައް ކުރުމަށް މޯލްޑިވިއަނުން ވަނީ ހަމަޖައްސާފަ އެވެ.

މޯލްޑިވިއަނުން ބުނި ގޮތުގައި ކޫއްޑޫއިން ގަމަށް ފުރާނީ ކޮންމެ އަންގާރަ ދުވަހެއްގެ މެންދުރު 11:55 ގައި ކަމުގަ އެވެ. އަދި ގަމުން ކޫޫއްޑޫއަށް ފުރާނީ ކޮންމެ ހޮނިހިރު ދުވަހެއްގެ ހަވީރު 17:30 ގައި ކަމަށް އެ އެއާލައިނުން ބުނެ އެވެ.

އަލަަށް ފަށާ މި ދަތުރުތަކަކީ ދެކުނުގެ ރަށްތަކުގައި ޓޫރިޒަމް ފުޅާކުރުމަށްޓަކައި ސަރުކާރުން އިސްނަގައިގެން ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ އަދި ޓޫރިޒަމް މިނިސްޓްރީން ގުޅިގެން ކުރަން ފަށާ ދަތުރުތަކެކެވެ.

މި ދަތުރުތަކުގެ ސަބަބުން ދިވެހިންނާއި ޓޫރިސްޓުން ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުފަތުރު ކުރުމުގައި ފަސޭހަ ވެގެންދާނެ ކަމުގައި މޯލްޑިވިއަނުން ފާހަގަކުރެ އެވެ.

އައްޑޫ އާއި ކޫއްޑޫއާ ދެމެދު ފަށާ ދަތުރުތަކަށް ބުކިން ހެދުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. އެއާއެކު މޯލްޑިވިއަންގެ ވެބްސައިޓާއި މޮބައިލް އެޕްގެ އިތުރުން ޓިކެޓިން އޮފީސްތަކުން ވެސް މިހާރު ބުކިން ހެއްދޭނެ ކަމަށް އެ އެއާލައިނުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް