ޑަބްލިޔުޓީއޭއަކީ އަންހެނުންގެ ޓެނިސް އެސޯސިއޭޝަނެވެ. ކުރިއަށް އޮތް ތިން އަހަރަށް ޑަބްލިއުޓީއޭ ފައިނަލް ސައުދީ އަރަބިއްޔާއިން ބާއްވާއިރު، ޕްރައިޒް މަނީގެ ގޮތުގައި 15.25 މިލިއަން ޑޮލަރު (12.04 މިލިއަން ޕައުންޑް) ހުށަހަޅާފައިވެއެވެ. މިއީ ޑަބްލިޔުޓީއޭގެ ރިކޯޑެކެވެ.
އަހަރުގެ އެންމެ މޮޅު އަށް ސިންގަލްސް ކުޅުންތެރިންނާއި ޑަބަލްސް ޓީމުތައް ބައިވެރިވާ މި އިވެންޓަކީ ސައުދީގައި ބާއްވާ އެންމެ މަތީ ފެންވަރުގެ ޓެނިސް މުބާރާތަށް ވެގެންދާނެއެވެ.
ޑަބްލިއުޓީއޭ އިން ވަނީ 2023 ވަނަ އަހަރުގެ ފައިނަލް ސައުދީގައި ކުޅެން ނިންމާފައެވެ. އެހެންނަމަވެސް ފަހުން ފައިނަލް ކުޅުނީ މެކްސިކޯގައެވެ. މިއަހަރުގެ ފައިނަލް އޮންނާނީ ނޮވެމްބަރު މަހުގެ 2 އިން 9 އަށް ރިޔާޒުގައެވެ.