ads
މޯލްޑިވިއަންގެ ބޯޓެއް.-
"ތުރޫފެއާ" ތައާރަފުކޮށް މޯލްޑިވިއަން އިން ބުކިން ފަސޭހަކޮށްދީފި
ގައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުތަކަށް "ތުރޫފެއާ" ތައާރަފުކޮށް، އެ އެއާލައިނުން އުދުހޭ ބައިނަލްއަގުވާމީ ތިން މަންޒިލަކާ، ރާއްޖޭގައި އުދުހޭ 16 މަންޒިލް ގުޅުވާލައިފި އެވެ.

މޯލްޑިވިއަން އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ އެއާލައިނުން ދަތުރު ކުރާ 16 ޑޮމެސްޓިިކް އެއާޕޯޓާއި ރާއްޖެއިން ބޭރަށް ދަތުރު ކުރާ ތިން މަންޒިލްތަކަށް އެއް ތަނުން ޓިކެޓު ނެގޭ ގޮތަށް ހިދުމަތް ދެވޭ ތްރޫފަރެސް ލޯންޗުކޮށްފައިވާ ކަމަށެވެ. އެ ތިން މައްޒިލަކީ ބަންގްލަދޭޝްގެ ޑާކާ، އިންޑިއާގެ ބެންގަލޫރް އަދި ސްރީ ލަންކާގެ ކޮލަންބޯ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.

ތުރޫފެއާ މެދުވެރިކޮށް ދަތުރުއެއްކޮށް ބުކް ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ. އަދި ވަކި ވަކިން އެކި މަންޒިލްތަކަށް ޓިކެޓް ބުކް ކުރުމަށް ދިމާވާ ދަތިތަކަށް ހައްލެއް ލިބި ދަތުރަށް އިތުރު ލުއިކަމެއް ލިބިގެންދާނެ ކަމަށްވެސް މޯލްޑިވިއަން އިން ބުނެފައި ވެއެވެެ.

މޯލްޑިވިއަންއިން ބުނީ ތުރޫފެއާ ބުކިން ހައްދާ ކަސްޓަމަރުންނަށް 5 އިންސައްތަ އާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށާއި އިންޓަނޭޝަނަލް ދަތުރުގައި ލިބޭ މިންވަރަށް ޑޮމެސްޓިކް ދަތުރަށް ވެސް ބެގޭޖު އެލަވެންސް ލިބޭނެ ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި ދިވެހިން އެންމެ ގިނައިން ދަތުރުކުރާ ދެ މަންޒިލް ކަމަށްވާ ޓްރެވިންޑްރަމް އާއި ކޮޗިން ދަތުރުތަކަށް ވެސް ތުރޫފެއާ ތައާރަފު ކުރާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.

ތުރޫފެއާކޮށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ބުކިން ހެދުމަށް މިއަދުން ފެށިގެން ހުޅުވާލާފައިވާއިރު، މޯލްޑިވިއަންގެ ވެބްސައިޓާއި މޮބައިލް އެޕްލިކޭޝަން އަދި ޓިކެޓިން އޮފީސްތަކުން މިހާރު ބުކިން ހެއްދޭނެ ކަމަށް ގައުމީ އެއާލައިނުން ބުންޏެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް