ads
މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ
ރައީސްގެ ދެކަނބަލުންގެ އީދު ސަލާން މުލިއާގޭގައި
މި އަހަރުގެ ފިތުރު އީދު ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން މެޑަމް ސާޖިދާ އަހުމަދު އީދު ސަލާމް ކުރެއްވުން އޮންނާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފި އެވެ.

އެކަން ކުރިއަށް ދާނީ އީދު ދުވަހުގެ ހެނދުނު 9:30 އިން 10:30 އަށެވެ.

އެހެންވެ އީދު ސަލާން ކުރެއްވުމުގައި ބައިވެރިވެވަޑައިގެންދެއްވުމަށް ރައްޔިތުންނަށާއި، ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި، ބޭރުގެ އިއްޒަތްތެރިންނަށާއި، ރާއްޖޭގެ އެކި ކުންފުނިތަކާއި، އަމިއްލަ އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ މަންދޫބުންނަށް ރައީސްގެ ދެކަނބަލުން ވަނީ ދައުވަތު އަރުއްވައިފަ އެވެ.

ރައީސް އޮފީހުން ބުނީ އާއިލާތަކާ އެކީ ވީހާ ވެސް ގިނަ ކުޑަކުދިންނާއި، ޒުވާނުން، އީދު ސަލާމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ވެސް ދައުވަތު ދެއްވާ ކަމަށެވެ.

އީދު ސަލާން ކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅުން މުލީއާގެއަށް ވެދެވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރޯށިންނެވެ.

ކަލަންޑަރުގައިވާ ގޮތުން ފިތުރު އީދު ދުވަހަކީ އަންނަ ހަފްތާގެ ބުދަ ދުވަހެވެ. އެ ދުވަހަށް ވަމުންދާ ތައްޔާރީތަކާ ގުޅިގެން ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ "މަގޭ އީދު" ގެ ނަމުގައި ސާދަ އެންޓަޓެއިންމަންޓާ ގުޅިގެން އެކި ހަރަކާތްތައް ހިންގުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

އެ ކައުންސިލުން ބުނީ ފިތުރު އީދު ދުވަހު ފެންކުޅުމާއި، ބޮޑުމަސް ނެރުމާއި މާލި ޕެރޭޑު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

އެ ކައުންސިލުން ނެރެފައިވާ ތާވަލުގައިވާގޮތުން ހެނދުނު 9:30 ގައި ރަސްފަންނުގައި ފެންކުޅުން ބާއްވާއިރު، ހަވީރު 4 ޖަހާއިރު އޮންނާނީ ބޮޑުމަސް ނެރުމާއި މާލި ޕެރޭޑެވެ. މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮލިމްޕަސް ކުރިމަތިން ފެށިގެން އާޓިފިޝަލް ބީޗާ ހަމައަށްކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް