ads
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ކުރިން ބޭއްވި ބައްދަލުވުމެއް. ފޮޓޯ: މަޖިލީހުގެ އިދާރާ
ރަސްދޫގައި ކުއްޖަކަށް ގަނާކޮށް އަނިޔާކުރި މައްސަލަ މަޖިލިސް ކޮމިޓީއަށް
އއ. ރަސްދޫގެ މިސްކިތުގެ ފާހާނާގައި ކުޑަކުއްޖަކަށް އަނިޔާކޮށް، ބުލީ ކުރި މައްސަލައެއް ފެންމަތިވުމުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ ކޮމިޓީ އަށް ހުށަހެޅުއްވީ އެ ކޮމިޓީގެ މުގައްރިރު އަދި މަޖިލިހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދެވެ.

އިއްޔެ އޭގެ ވީޑިއޯއެއް ވަނީ ދައުރުވެފަ އެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ އެ ވީޑިއޯގައި ދެ ކުއްޖަކު ވެގެން، ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެނެ އެވެ.

ވީޑިއޯއެއްގައި ފެންނަނީ މިސްކިތެއްގެ ފާހާނާގެ ތެރޭގައި ކުޑަކުއްޖަކަށް ބުލީކޮށް، އެ ކުއްޖާގެ ގައިގައި އެހެން ކުދިންތަކެއް ގޮށްމުށުންނާއި ކޮޅުފައިން ޖަހައި އަނިޔާކުރާ ތަނެވެ. އެ ކުއްޖާގެ ކޯމަތީގައި ވަރަށް ބާރަށް ޖެހުމުން ރޯން ވެސް ފަށަ އެވެ. އަދި ވަރަށް ހަޑިހުތުރުބަހުން އެ ކުއްޖާ ދިމާލަށް ދެން ތިބި ކުދިން އެއްޗެހި ކިޔަ އެވެ.

އެ ކުއްޖާގެ އަތުގައި އޮތް ފެންފުޅި އަތުލައި ބޮލަށް އަޅާލާ މަންޒަރު ވެސް ވީޑިއޯ އިން ފެނެ އެވެ.

އަނިޔާނުކޮށް އޭނާ ދޫކޮށްލަން އެދި އެ ކުއްޖާ ކުޑަކަކޫ މައްޗަށް ތިރިވެ އާދޭސް ވެސް ކުރެ އެވެ.

އަނިޔާ ލިބުނު ކުއްޖާއަކީ އއ. މަތިވެރީގައި ދިރިއުޅޭ ކުއްޖެކެވެ. އެ ކުއްޖާ ރަސްދޫ އަށް ދިޔައީ އާއިލާ އާ އެކީގައި ޗުއްޓީއަށެވެ. މިކަން ހިނގާފައި ވަނީ ރޭގެ ވަގުތެއްގައި ތަރާވީސް ގަޑީގައެވެ.

ފުލުހުން ބުނި ގޮތުގައި، ގަނާ ކުރުމުގައި ބައިވެރިވީ 13 އަހަރުގެ ކުއްޖަކާއި 14 އަހަރުގެ ކުއްޖެކެވެ. އެ މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ބަލަމުންދާ ކަމަށް ފުލުހުން ރޭ ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް