ރައީސް މުހައްމަދު މުއިއްޒު މިހެން ވިދާޅުވީ ޕީއެންސީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަބްދުއްރަހީ ފޮނަދޫ ދާއިރާއަށް ވާދަކުރައްވާތީ މިރޭ ބޭއްވި ކެމްޕެއިން އިވެންޓެއްގައި ވާހަކަ ދައްކަވަމުންނެވެ.
އަބްދުއްރަހީމަށްފަހު ޕޯޑިއަމަށް އަރާ ވަޑައިގެން އަބްދުއްރަހީމަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނަށް ސިޔާސީ ގޮތުން އެންމެ ބޮޑު އެހީތެރިކަމެެއް ވެއްދެއްވީ އަބްދުއްރަހީމް ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައިވެސް އަދި މިހާރުވެސް އެމަނިކުފާނަށް އެންމެ އެހީތެރިވެއްދަވަނީ އަބްދުއްރަހީމްކަމަށް ރައީސް މުިއއްޒު ވިދާޅުވިއެވެ. އަދި އަބްދުއްރަހީމަށް އެމަނިކުފާނުގެ ފުރިހަމަ އިތުބާރު އެބައޮތްކަންވެސް ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ފޮނަދީ ދާއިރާއަށް ކުރިއެރުން ލިބެން އޮތީ އަބްދުއްރަހީމް އެ ދާއިރާގެ ގޮނޑިއަށް އިންތިހާބުކޮށްދީގެންކަމަށެވެ. އެހެންކަމުން މި މި އިންތިހާބުގައި އެންމެ މަތީ ޕަސެންޓެއް ލިބިގެން ހޮވޭ ކެންޑިޑޭޓަކަށް އަބްދުއްރަހީމް ހައްދަވާ ދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ. އަދި އަބްދުއްރަހީމް ފޮނަދޫ ގޮޮނޑިއަށް ހޮވާ ދިނުމަކީ ފޮނަދޫ ދާއިރާގެ ރައްޔިތުން އެމަނިކުފާނަށް ކޮށްދެވޭނެ ވަރަށް ބޮޑުކަމެއްކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ޔާމީނާއި ސިޔާސީ މަސައްކަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އަބްދުއްރަހީމް މިހާތަނަށް ހުންނެވި ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައެވެ. އެހެންނަމަވެސް މި ސަރުކާރު އުފެދުނު ފަހުން އޭނާ ގެންދަވަނީ ރައީސް މުއިއްޒަށް ތައުރީފުކުރައްވާ ރައީސް ޔާމީނަށް ފާޑު ވިދާޅުވެ ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.