ads
އެންމެ ފަހުން 2018 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޔާމީންގެ ދޮށީ ދަރިކަލުން ޒެއިން، ބައްޕާފުޅު ޔާމީނާއި މަންމާފުޅު ފާތުންއާ އެކު ސެލްފީއެއް ނަންގަވަނީ.---ފައިލް ފޮޓޯ: ރައީސް އޮފީސް
ޔާމީނަށްޓަކައި ފާތުންނާއި ޒެއިން މުޒާހަރާއަށް ނުދިޔައީ ކީއްވެ: އަދުރޭ
ރައީސް ޔާމިން ޖަލުގައި ހުންނެވިއިރު އެމަނިކުފާނު އަނ؛ބިކަނަބަލުން ފާތުމަތު އިބްރާހީމާއި ދަރިކަލުން ޒެއިން އަބްދުﷲ މުޒާހަރާއަށް ނިކުމެވަޑާއިނުގަތީ ކީއްވެތޯ ރައީސް މުއިއްޒުގެ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ސުވާލުކުރައްވައިފި އެވެ.
Advertisement

އަބްދުއްރަހީމް މިހެން ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ އިސް ބޭފުޅުން މިއަދި ބޭއްވި ޕެނަލް ޑިސްކަޝަނެއްގައެވެ.

މި ޕެނަލްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވަނީ ޔާމީން އަރުގައި މިހާރު ތިއްބެވި ބޭފުޅުންނަކީ އެމަނިކުފާނަށް އިހްލާސްތެރި ބައެއް ނޫންކަމަށެވެ. މި މޭރުމުން ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ ޔާމީން އަރިހުގައި މިހާރު ތިއްބެވި ބޭފުޅުންގެ މާޒީއާ ގުޅޭ ގޮތުން ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކާވާފައެވެ. 

މިވާހަކަތައް ދައްކަވަމުން އަބްދުއްރަހީމް ވަނީ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމައި ދަރިކަލުން ޒެއިން އާއި ގުޅޭ ގޮތުންވެސް ވާހަކަ ދައްކަވާފައެވެ. 

"އަޅުގަނޑު ސުވާލު އުފައްދަން މިއަދު ކީއްވެގެންތޯ ރައީސް ޔާމީނު އެއޮތް ހުރިހާ ދުވަހު ޖަލުގައި އޮތް އިރު މެޑަމް ފާތުމަ އެންމެ މުޒާހަރާއަކަށް ވަޑައިނުގަތީ. ޒޭނު އެންމެ މުޒާހަރާއަކަށް ވަޑައިނުގަތީ ކީއްވެގެންތޯ؟ މިއީ ސުވާލު އުފައްދަން ޖެހޭ ކަމެއް ނޫންތޯ؟" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ އަނބިކަނބަލުންނާއި ދަރިކަލަށް ފާޑު ވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވީ މީގެ ކުރިން ސިޔާސީ ވެރިން ހަައްޔަރުކުރުމުން އެ ބޭފުޅުންގެ އާއިލާތަކުން މަސައްކަތް ކުރެއްވި ގޮތްތަކުގެ ވާހަކައެވެ އެގޮތުން ރައީސް މައުމޫނާއި ގާސިމްގެ މިސާލު އަބްދުއްރަހީމް ނެންގެވިއެވެ.

"ރައީސް މައުމޫނު ހައްޔަރުކުރީމާ ނަސްރީނާ ނުކުމެވަޑައިގެންނެވި. ގާސިމް އިބްރާހީމް ހައްޔަރުކުރީމާ ނަހުލާ ނުކުމެވަޑައިގެންނެވި،" ޔާމިންގެ އާއިލާއަށް ފާޑު ވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމްގެ މި ވާހަކަތައް އައިސްފައި މިވަނީ ޖަލުގައި ހުންނެވިއިރު އެމަނިކުފާނު މިނިވަންކުރަން ޕީޕީއެމް ޕީއެންސީގެ އިސްވެރިން މަސައްކަތް ކޮށްފައި ނުވާކަމަށް ދާދި ފަހުން ރައީސް ޔާމީން ދެއްކެވި ވާހަކަތާއި ގުޅުވައެވެ. ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު މިނިވަންކުރަން ގޮވާލީ މުޒާހަރާއަށް ވެރިން ނުނިކުންނަކަމަށެވެ. އަދި ނުކުން އާއމު ބައެއް މެމްބަރުން ގެންގޮސް ފައިސާ ދީ މުޒާހަރާއަށް ނުނުކިންނަށް އެންގިކަމަށްވެސް ޔާމީން ތުހުމަތު ކުރެއްވިއެވެ.

އަބްދުއްރަހީމް ޔާމީންގެ އެވާހަކަތައް ރައްދު ދެއްވާ ވިދާޅުވީ އަނބިކަނބަލުންނާއި ދަރިކަލުން މުޒާހަރާތަކަށް ނުނިކުންނައިރު މިހާރު ސަރުކާރުގައި ތިއްބެވި އެހެން ބޭފުޅުންނަށް ކިޔޭނީ ކޮން ފާޑެއްތޯ ވިދާޅުވެފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް