ads
އަކްޝޭ ކުމާރު
އަކްޝޭ ޅަފަތުގައި ކުއްޔަށް ދިރުއުޅުނު ގެ ގަންނަން ވިސްނަނީ
އަކްޝޭ ކުމާރު އޭނާ ޅަފަތުގައި 500 އިންޑިއާ ރުޕީސްގެ ކުލިދީގެން އާއިލާއާއިއެކު ދިރިއުޅުނުގެ ގަންނަން ވިސްނަމުންދާކަމަށް ހާމަކޮށްފި އެވެ.
Advertisement

އިންޑިއާގެ މެދު ފަންތީގެ އާއިލާއަކަށް ނިސްބަތްވާ އަކްޝޭ ކުމާރަކީ އިންޑިއާގެ އެންމެ މަޝްހޫރު އަދި އެންމެ މަގުބޫލު އެއްތަރިއެވެ. ޅަފަތުގައި ދިރއުޅުނު ތަކުލީފާ ދިމާވިގޮންޖެހުންތައް މީޑިއާއަށް ހިއްސާކުރަމުން އަކްޝޭ ބުނީ އޭނާ ކިތަންމެ ބޮޑު ކާމިޔާބީއެއް ހޯދަމުން ދިޔަ ނަމަވެސް އޭނާ ދެން ދިރިއުޅުމާގެން ކުރިއަށް ދާން ބޭނުންވާނީ އެއްވެސް އެއްޗެއް ދޫނުކޮށް މާޒީގެ އެއްވެސް ކަމެއް ދުނުކޮށްކަމަށެވެ. އެގޮތުން އޭނާ ޅަފަތުގައި ދިރިއުޅު ގެއާއި އެއްކޮށް އުޅުނު މިހުންވެސް ދޫކޮށްފައިދާކަށް ބޭނުންނުވާކަމަށްވެސް އަކްޝޭ ވަނީ މީޑިއާތަަކަށް ދިން އިންޓަވިއުއެއްގައި ހާމަކޮށްފި އެވެ. 

މުމްބާއީ ގެ ޑޮން ބޮސްކޯ ޕަބްލިކް ސްކޫލްގައި ތައުލީމު ހާސިލްކުރި އަކްޝޭ ކުމާރު ވިދާޅުވީ އޭނާ އެ ސްކޫލްގައި ހޭދކުރި ދުވަސްތަށް މަތިިން ހަދާންކޮށް ހިތްއުފާވާކަމަށެވެ. އަދި ދޭ ތެރެއަކުން ގޮސް އޭނާ ކުރިން އުޅުން ގެއަށް ވަދެ ބަލާލާ ހަދާ އުޅޭކަމަށްވެސް އަކްޝޭ ބުނެއެވެ.

އަކްޝޭ ބުނީ އޭނާ 500 ރުޕީސްގެ ކުލިދީގައި އުޅުނު ގެއަކީ ބަދަލުވިއިރު މުޅިން ހުސްކޮށް އެއްވެސް ފަރުނީޗަރެއްވެސް ނެތް ގެެއެއްކަމަށެވެ. އޭނާ ބުނީ އޭނާ މީހާރު ގަންނަން ވިސްނަނީ އޭނާ އުޅުނު އެގޭގެ 3 ވަނަ ފަންގިފިލާކަމަށާއި އެއީ މީހާރު 2 ބެޑްރޫމްގެ އެޕާޓްމަންޓެއްކަމަށެވެ.

މީގެ އިތުރުން އަކްޝޭ ބުނީ އޭނާ ކުޑައިރު އެގޭގައި އުޅުނު އިރު ދައްތައާއި އެކު ބައްޕަ މަސައްކަތުގައި އުޅޭ ވަގުތު ކުޅެ ސަކަކަރާތް ޖަހާ ހަދާން ވާކަމަށެވެ. އަދި ގޭ ބޭރުގައި ހުންނަ ފޭރު ގަހުން ފޭރު ބިދެނގެން ކާ ހަދާން ވެސް ވާކަަމަށެވެ. އެގެއަށް ދެވުމުން އެ ހުރިހާ އުފާވެރި ހަދާންތަށް ވާކަމަށް އަކްޝޭ ބުނެއެވެ.

އަކްޝޭއަކީ މަގުބޫލު ތަރިއެއްގެ އިތުރުން އިންޑިއާގެ އެންމެ ބޮޑު އަގުގައި ފިލްމްކުޅޭ އެއް ފިލްމީ ފަންނާނެވެ. މިދިޔަ އަހަރު އަކްޝޭގެ އޯ އެމްޖީ 2 ވަނީ ގިނަ ކާމިޔާބުތަކެއް ބޮކްސް އޮފީހުގައި ހޯދާފަ އެވެ. އަދި ގިނަ ބެލުންތެރިންތަކެއް އިންތިޒާރުކުރަމުންދާ އަކްޝޭގެ އައު ފިލްމް ބާދޭ މިޔާން، ޗޯޓޭ މިޔާން ބެލުންތެރިންނަށް ދޫކޮށްލުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 12 ގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް