ads
ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ފެށުން
ހިމާޔަތްކޮށްފައި ސަރަހަދުތަކުން ބިން ހިއްކަން ވެލި ނަގަން ހުއްދަދީފި
ހިމާޔަތްކޮށްފައިވާ ސަރަހައްދުންތަކުން ބިން ހިއްކުމަށް ވެލި ނަގަން ހުއްދަދީ ރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ގަވައިދަށް އިސްލާހު ގެނެސްފިއެވެ.
Advertisement

ރާއްޖޭގެ ރަށްރަށާއި ފަޅު ހިއްކުމާއި ފުން ކުރުމުގެ ގަވާއިދު ކުރިން އޮންނަ ގޮތުން ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކާއި ތިމާވެށީގެ ގޮތުން ނާޒުކު ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކާއި 200 މީޓަރު ކައިރިން ބިން ހިއްކުމާއި ވެލި ނެގުމަކީ މަނާ ކަމެކެވެ.

އެހެންނަނަމަވެސް މި ގަވައިދަށް ބަދަލު ގެނެސް އަލުން އާއްމުކުރި ގަވައިދުގައި ބުނެފައިވަނީ ތިމާވެށީގެ ގޮތުން ނާޒުކު ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކާއި 200 މީޓަރު ކައިރިން ބިން ހިއްކުމާއި ވެލި ނެގުމަކީ މަނާކަމެއް ނަމަވެސް ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ މަޝްރޫއެއް ހިންގުމަށް ވެލިނެގިދާނެކަމަށެވެ. އަދި މިކަމަށް ހާލަތްތަކެއް ވަނީ ގަވާއިދުގައި ކަނޑައަޅާފައެވެ. 

ވަލި ނަގާއިރު ކަނޑައަޅާފައިވާ ބައެއް ހާލަތްތައް 

  • އެތަނެއްގައި ހުރި ދިރުންތަކާއި ނެތިފަނާވެދިޔުމުގެ ބިރުހީވެފައިވާ ދިރުންތަކާބެހޭ ތަފުސީލީ ދިރާސާއެއް ހެދުން
  • އެތަނެއްގައި ހުރި ނެތިފަނާވެ ދިޔުމުގެ ބިރުހީވެފައިވާ ދިރުންތައް އެފަދަ އެހެން ސަރަހައްދަކަށް ބަދަލުކޮށް، ދިރުވާ އާލާކޮށް މޮނިޓާ ކުރާނެ ގޮތުގެ ތަފުސީލީ ޕްލޭނެއް ހުށަހަޅާ އެ ޕްލޭން ފާސްކުރުން

ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން ވެލި ނެގުމުގެ ހުއްދަ ދޭ ގޮތަށް ގަވައިދަށް ބަދަލު ގެނެސްފައިމިވަނީ މި ސަރުކާރުން ފަށާފައިވާ އެންމެ ބޮޑު އެއް މަޝްރޫއުކަމަށްވާ "ރަސްމާލެ" ހިއްކުމުގެ މަސައްކަތް ހުއްޓިފައިވާ ދަނޑިވަޅެެއްގައެވެ. އެ މަސައްކަތް ހުއްޓިފައިވަނީ އެ ސަރަހައްދުން ހިއްކަން ވެލި ނުލިބުމުގެ ސަބަބުންކަމަށް ވަޒީރު މުއްތަލިބް ވަނީ ވިދާޅުވެފައެވެ. އަދި ވެލި ނެގޭނެ ސަރަހައްދުތައް ދިރާސާކުރަމުންދާކަމަށްވެސް މުއްތަލިބް ވަނީ ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް