ads
ޓެކްސީ
ބޮޑު އަގު ނަގާ ޓެކްސީތައް ރިޕޯޓްކުރަން އަންގައިފި
ސަރުކާރުން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑު އަގު ނަގާ ޓެކްސީތައް ރިޕޯޓްކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިފިއެވެ.

އެ މިނިސްޓްރީން ބުނީ ސަރުކާރުން ކަނޑަ އަޅާފައިވާ އަގު ތަކަށް ވުރެ ބޮޑު އަގުގައި ޓެކްސީ ދަތުރު ކުރުމުގެ ޝަކުވާތައް އެ މިނިސްޓްރީއަށް ލިބެމުން އަންނަކަމަށެވެ. އަދި މީ މަނާކަމެއްކަން ހަދާންކޮށްދީ އެގޮތަށް އަމަލުކުރާ ޓެކްސީތަކުގެ މައްސަލ ހުށައެޅުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ. 

މި ފަދަ މައްސަލަތައް ރިޕޯޓްކުރުމަށް މިނިސްޓްރީންވަނީ ކިއު އާރު ކޯޑެއް ތައާރަފުކޮށްފައެވެ. 

your imageއަގު ބޮޑުކޮށް ނަގާ ޓެކްސީތައް ރިޕޯޓްކުރުމަށް މިނިސްޓްރީން ތައާރަފުކުރި ކޯޑް 

ޓެކްސީތަކަށް ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކަކީ މާލެ އިން ހުޅުމާލެ ދެވަނަ ފިޔަވައްސަށް 100ރ. އާއި މާލެ އިން ހުޅުމާލެ ފުރަތަމަ ފިޔަވައްސަށް 85ރ. އާއި މާލެ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 70ރ. އާއި ހުޅުމާލެ ފުރަތަމަ ފިޔަވަހިން އެއާޕޯޓަށް 80ރ. އާއި ހުޅުމާލެ ދެވަނަ ފިޔަވަހިން އެއާޕޯޓަށް 85ރ. އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް