ads
ތިމަރަފުށީ ދައިރާއަށް ވާދަކުރާ ދެ ކެންޑިޑެޓުން
އެންމެފަހުން ޕީއެންސީ ނަމުގައި ޖަގަހަވެސް ހުޅުވަނީ، މައްސަލަ ގޯސްވެފައި
ތިމަރަފުށީ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރާ އަހުމަދު ރިޔާޒު ޕީއެންސީގެ ނަމުގައި ޖަގަހަ ހުޅުވާތީ އެރަށުގެ ޕީއެންސީ ސަޕޯޓަރުން ކަންބޮޑުވުން ފަޅުކުރަން ފަށައިފި އެވެ.
Advertisement

ރައްޔިތުން މަޖލީހުގެ އިންތިހާބަށް ތިމަރަފުށީ ދާއިރާގެ ޕިއެންސީ ޓިކެޓް ދީފައިވަނީ ރައީސް މުއިއްޒުގެ ކުރީގެ ޕާސަނަލް އެސިސްޓަންޓު އިބްރާހިމް ސަނާހު (ސަންޓޯ) އަށެވެ. އޭނާއަކީ އެ ދާއިރާގެ ޕީއެންސީ ރައީސްވެސް މެއެވެ. ޕީއެންސީގެ ޓިކެޓް ލިބުނުކަމުގެ ރަސްމީ ލިޔުންވެސް ސަނާހުއާ ވަނީ ހަވާލުކޮށްފައެވެ. 

އެހެންނަމަވެސް ރައީސް މުއިއްޒުވަނީ އިބްރާހިމް ސަނާހު (ސަންޓޯ)އަށް ތާއިދުނުކުރާކަން ހާމަކޮށް އެ ދާއިރާއަށް އަމިއްލަ ގޮތުން ނުކުންނަ އަހްމަދު ރިޔާޒަށް ތާއީދުކުރަން ނިންމާ އެކަން އިއުލާންވެސް ކޮށްފައެވެ. އަހްމަދު ރިޔާޒަކީ އެ ދާއިރާގެ މިހާރުގެ މެމްބަރު ކުރީގެ ސީޕީ އަބްދުﷲ ރިޔާޒުގެ ބޭބެއެވެ. 

އަހްމަދު ރިޔާޒު ވަނީ މިއަދު ތިމަރަފުށީގައި ޕީއެންސީގެ ޖަގަހެއް ހުޅުވާނެކަން އިއުލާންކޮށްފައެވެ. އަދި 14:15 ގައި އޮންނަ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންވެސް ބައިވެރިވާނެކަމަށްވެސް ބުނެފައެވެ. 

އަމިއްލަ ގޮތުން ވާދަކުރާ ރިޔާޒު ޕީއެންސީ ނަމުގައި ޖަގަހަ ހުޅުވާތީ އެރަށުގައި ތިބި ޕީއެންސީ ސަޕޯޓަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކުރަން ފަށާފައެވެ. 

ތިމަރަފުށީ ދާއިރާއަށް ސަރުކާރު ހިންގާ ޕީއެންސީގެ ޓީކެޓްގައި ވާދަކުރާ ސަނާހު ބުނީ އެ ދާއިރާގެ ރައީސަކީ އޭނާ ކަމަށާއި ޕީއެންސީ ތިމަރަފުށީ ޖަގަހަ ރިޔާސީ އިންތިހާބު ތެރޭގައި ރައީސް މުއިއްޒު އެރަށުގައި ހުޅުވާދެއްވާފައިވާކަމަށެވެ. އަދި އެރަށުގައި ޕީއެންސީގެ އިތުރު ޖަގަހެއް ނުހުންނާނެކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ. 

" ބަޢާވާތް ކުރަން ނޫޅުއްވާ. ރަށުގެ މަސްލަހަތު ނަގާލަން ނޫޅުއްވާ!! ލަދުހަޔާތް ކެނޑުނަސް މީދެން ބޮޑުވަރެވެ. ބަޢާވާތް ކުރަން ވަކިކަމެއް ނޯވެ އެވެ. އެމްއެންޕީއަށް މީހުން ނުލިބި ސަޕޯޓް ނެތުމަކީ ޕީޕީއެމް/ ޕީއެންސީ ގެ މައްސަލައެއްހެއްޔެވެ؟؟؟" ޖަގަހަ މައްސަލާގައި ސަނާހު އެކްސްގައި ކުރި ޕޯސްޓެއްގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އިންތިހާބުގައި ޕީއެންސީގެ ޓިކެޓް ދީފައިވާ ކެންޑިޑޭޓުން ތިއްބާ ބައެއް ދާއިރާތަކުގައި ރައީސް އެހެން ކެންޑިޑޭޓުންނަށް ތާއިދުކުރާ މައްސަލަވަނީ ބޮޑުވެފައެވެ. އޭގެތެރޭގައި ޕްރައިމެރީން ބަލިވި ކެންޑިޑޭޓުންނާއި ޕީއެންސީގައި ނުހިމެނޭ އަމިއްލަ ކެންޑިޑޭޓުންވެސް ހިމެނެއެވެ. 

ރައީސް މުއިއްޒު ވިދާޅުވަމުން ގެންދަވަނީ ޕާޓީ ކެންޑިޑޭޓުން ތިބި ނަމަވެސް އެމަނިކުފާނު ތާއީދު ކުރައްވާ ކެންޑިޑޭޓުން ހޮވައިދިނުމަށެވެ. ދެން ތިބި ކެންޑިޑޭޓުންނަކީ އަމިއްލަ މަސްލަހަތު އިސްކުރާ ބައެއްކަމަށްވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް