ads
ޑެޕިއުޓީ މިނިސްޓަރުކަމުން ވަކިކުރި ރާގިބު ސިވިލް ކޯޓަށް އައްޔަންކުރަނީ
މި ސަރުކާރުގެ އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުން ވަކިކުރި މުހައްމަދު ރާގިބް ސިވިލް ކޯޓުގެ ގާޒީ ކަމަށް އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފި އެވެ.
Advertisement

ޖޭއެސްސީ ވަނީ ރާގިބުގެ އިތުރުން އިތުރު ދެ ބޭފުޅަކު ސިވިލް ކޯތްގެ ގާޒީކަމަށް އައްޔަންކުރުމަށޤް ނިންމާފަ އެވެ. 

 ރާގިބުގެ އިތުރުން ދެން ސިވިލްކޯޓަށް އައްޔަން ކުރަން ނިންމި ގާޒީން 

  • އާސިޔާ އަޒީމާ، ރޯޒްވިލާ / ރ. ހުޅުދުއްފާރު
  • މުހައްމަދު ނިޝާތު، ރީލް މަންޒިލް / ގއ. ކަނޑުހުޅުދޫ 

ސިވިލް ކޯޓަށް ތިން ގާޒީއަކު ބޭނުންވެގެން އެކަމަށް ކުރިމަތިލާން ޖޭއެސްސީން މިދިޔަ 21 ޖޫން ގަ އެވެ. ގާޒީކަމަށް ކުރިމަތިލާނބް ހުޅުވާލި މުއްދަތު ހަމަވިއިރު އެ ތިން މަގާމަށް ޖުމްލަ 42 ބޭފުޅަކު ކުރިމަތިލެއްވި އެވެ.

މި ސަރުކާރުގައި ރާގިބު ފުރަތަމަ ހުންނެވީ އެންވަޔަރަމެންޓް މިިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމުގައެވެ. އޭނާ އެ މަގާމުން 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު ވަކިކުރީ ދައުލަތާއި ދެކޮލަށް ދައުވާކުރުމުންނެވެ. އޭނާ ދައުލަތާއި ދެކޮލަށް ދައުވާކުރީ ގދ. ތިނަދުއަށް ސިޓީގެ ދަރަޖަ ދިނީ އޮޅުވާލައިގެން ކަމަށް ބުނެ އެ ކަން ބާތިލުކުރުމަށް އެދި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;