ads
މަވަށުން 30 ހެކްޓަރު ބިން ހިއްކާނެކަމަށް ރައީސް މުއިއްޒު ވިދާޅުވި
50 މިލިއަނުން މަތީގެ މަޝްރޫތައް ފަށަނީ ޖޫންމަހު: ރައީސް
ސަރުކާރުން ހިންގަން ނިންމާފައިވާ މަޝްރޫތަކުގެ ތެރެއިން 50 މިލިއަނުން މަތިން ހަރަދުވާ މަޝްރޫތައް ފަށާނީ އަންނަ ޖޫންމަހުގައިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ މިހާރު އެމަނިކުފާނު ހައްދުންމައްޗަށް ކުރައްވާ ދަތުރުގައި އެ އަތޮޅު މާވަށުގައި ވާހަކަ ދައްކަވަމުންނެވެ. 

ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުން މަޖިލީހުން ބަޖެޓް ފާސްކޮށްދީފައިވަނީ ވަރަށް ކުދި އަދަދުތައް ޖަހައިގެން ކަމަށެވެ. އެހެންކަމުން ރަށްރަށުގައި ފަށާފައި ހުންނަނީ ކުދި ކުދި މަޝްރޫތައްކަމަށާއި އޭގެ ތެރޭގައި އާ މަޝްރޫއުތައްވެސް ހުންނާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. ބިން ހިއްކުމާއި ބަނދަރު ހެދުމާއި މަގު ހެދުމުގެ ބޮޑެތި 50 މިލިއަނުން މަތިން ހިންގާ މަޝްރޫއުތައް ފެށޭނީ ޖޫންމަހުކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

" ބޮޑެތި މަޝްރޫއުތައް ބިން ހިއްކުން، ބަނދަރު ހެދުން، މަގު ހެދުން މި ބަލަނީ.. މިހާރު އަހަރު މެދަށް މިދަނީ ޖޫން ޖުލައި ހިސާބުގައި، އިރާދަކުރެއްވިއްޔާ މިހަކަލަ މި ސްކޭލްގެ މަސައްކަތްތައް ރަށްރަށުގައި ފެށިގެންދާނެ. މިހާރުވެސް މި އޭޕްރިލްމަހުގެ ފަށާނަން އަދި ދެން އަންނަމަހު އެއަށްވުރެ ގިނައިން. އެގޮތަށް ބަހާލައިގެން މިދަންނަވާ 50 މިލިއަނުން މަތީގެ ހަރަދު ހިންގާ މަޝްރޫއުތައް ޖުމްލަކޮށް ފެށިގެން ދާނީ." ރައީސް މުއިއްޒު ވިދާޅުވިއެވެ.

މާވަށުގައި ކުރަން ހުރި ކަންކަމުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުން އެދޭގޮތަށް 30 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށެވެ. 

" ގިނަ ރަށްރަށުގައި ބިމެއް ނެތް. ބޯހިޔާވަހިކަމަށް ގޯތި ދޭން ނޫނީ މަޝްރޫއު ހިންގަން ބިން ބޭނުންވާނެ. ކުރިން އޮތީ ތިބޭފުޅުންނަށް 15 ވަރަކަށް ހެކްޓަރުގެ ބިން ހިއްކުން. ރައްޔިތުން ބޭނުންވަނީ އިތުރުކުރަން އަދި އަޅުގަނޑުވެސް ބޭނުމީ އެގޮތް. އިރާދަކުރެއްވިއްޔާ 30 ހެކްޓަރުގެ ބިން ހިއްކާނަން. ވީހާވެސް އަވަހަށް ފެށުމަށް ދަނީ މަސައްކަތްކުރަމުން. ބަންޑުވޯލް ޖަހައި ކުރިއަށް ގެންގޮސް 30 ހެކްޓަރުގެ ބިން ހިއްކާނަން." ރައީސް މުއިއްޒު ވިދާޅުވިއެވެ.

 

ރައީސް މުއިއްޒު މިހާރު ހައްދުންމައްޗަށް ކުރައްވާ ދަތުރުގައި އެ އަތޮޅުގެ 6 ރަށަކަށް ދިޔުމަށް ވަނީ ހަމަޖެހިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް