ads
ވަޒީރުންގެ މަޖިލިހުގެ ބައްދަލުވުމުގައި ރައީސް މުއިއްޒު: - ފޮޓޯ:ރައީސް އޮފީސް
ކޮވިޑާ ގުޅިގެން ނެގި ލޯނުތަކުގެ އިންޓަރެސްޓް މައާފުކޮށްފި
ކޮވިޑާ ގުޅިގެން ނެގި ލޯނުތަކުގެ އިންޓަރެސްޓް މައާފުކޮށްފި އެވެ.

ކޮވިޑުގެ ދުވަސްވަރު ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް، އެސްޑީއެފްސީ މެދުވެރިކޮށް ލޯނު ދޫކޮށްފަ އެވެ.

ރައީސް މިކަން އިއުލާނުކުރެއްވީ މިރޭ ލ. ފޮނަދޫގައި ބޭއްވި ޖަލްސާގަ އެވެ. ރައީސް ވިދާޅުވީ ރައްޔިތުންނަށް އެކިއެކި ލުއިތައް ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ކޮވިޑް ދުވަސްވަރު އެސްޑީއެފްސީ އިން ނަގާފައިވާ ލޯނުތަކުގެ އިންޓްރެސްޓްތަކާއި އެޗްޑީއެފްސީ އިން ނަގާފައިވާ ހައުސިން ލޯނުތަކަށް ކޮވިޑް ދުވަސްވަރު އަރާފައިވާ އިންޓްރެސްޓް ކުޑަކުރުމަށް ކުރަން ޖެހޭ އިދާރީ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އީދު ބަންދަށްފަހު ހުޅުވޭ ދުވަހުން ފެށިގެން އެޕްލައި ކުރުމުގެ ފުރުސަތު ދޭނަން ކޮވިޑްގެ ލޯނު ނަގައިގެން އެރި އިންޓްރެސްޓް ސަރުކާރުން މާފު ކުރަން މިއޮތީ ނިންމާފަ. އެއީ ލޯނު ނެގި ހުރިހާ އެންމެންނަށް މާފު ވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމުނީ ވެސް މި ލޯނުތަކުގެ އިންޓަރެސްޓް މައާފުކުރާނެ ކަމުގެ ވާހަކަ ދައްކަމުން ދަނިކޮށް ކަމަށެވެ. އެކަމަކު މި ސަރުކާރަކީ އަމަލީ ގޮތުން ކަންކަން ކުރާނެ ސަރުކާރެއް ކަމަށާއި އިންތިހާބުތައް ބޯމަތިވަންދެން ކަންކަން ކުރަން މަޑުނުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮވިޑުގެ ތެރޭގައި ކުދި ވިޔަފާރިތަކަށް އެސްޑީއެފްސީން ދޫކުރި ލޯނުތަކުގެ އިންޓްރެސްޓު އެއްކޮށް ކަނޑާލައި، ކުރިން އިންޓްރެސްޓް ދެއްކި މީހުންނަށް އަނބުރާ ފައިސާ ދިނުމަށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކުރިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނިންމަވައި އިއުލާނު ކުރެއްވި އެވެ. އެކަމަކު، އެ އަށް އަމަލީ ސިފައެއް ނުގެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް