ads
އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ރައީސް ސާލިހް ވާހަކަ ދައްކަވަނީ
އަޅުގަނޑުމެން ހޯދި ފައިސާއިން މަޝްރޫއުތައް އެ ހިންގަނީ: ސާލިހް
މި ސަރުކާރުން މިހާރު ހިނގަމުންދާ މަޝްރޫއުތަކީ އެމަނިކާފުނުގެ ވެރިކަމުގައި ހޯދި ފައިސާއިން ކުރިޔަށް ގެންދާ މަޝްރޫއުތަކެއްކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫސިޓީގެ ދާއިރާތަކަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުން ރޭ އެ ސިޓީގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. 

ރައީސް ސާލިހް ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެޑައިގެންނެވިއިރުވެސް ރާއްޖޭގެ މާލީ ހާލަތު އޮތީ އެހާ ރަނގަޅަށް ނޫންކަމަށެވެ. ސަރުކާރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ބަޖެޓަށް ބޭނުންވާ ފައިސާ ނުލިބުނު ނަމަ ދަތިހާލަކަށް ދިޔައީސްކަން ރައީސް ސާލިހް ފާހަގަކުރެއްވިއެވެ. އެހެންކަމުން ފުރަތަމަ ކުރިކަމަކީވެސް ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

" އެނގިވަޑައިގަންނަވާނެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ބަޖެޓަށް ބޭނުންވާ ގްރާންޓްގެ ގޮތުގައި 200 މިލިއަން ޑޮލަރު އަޅުގަންޑުމެން ހޯދިން. ކޮންސެޝަނަލް ފައިނޭންސްގެ ގޮތުގައި 800 މިލިއަން ޑޮލަރު އަޅުގަނޑުމެން ހޯދިން، މި ޕްރޮޖެކްޓްތައް މިހާރު ހިންގަމުން އެ ދަނީ އެފައިސާއިން. ޑޮލަރުގެ ދަތިކަން އޭރު އޮތީމާ ބޭނުން ވީމަ ބޭނުން އިރެއްގައި ބޭނުންކުރެވޭ ގޮތަށް 400 މިލިއަން ޑޮލަރު ހޯދާފައި ބެހެއްޓިން. އެއީ އަޅުގަޑުމެން ޕްރޮޖެކްޓްތައް ފެއްޓި ގޮތަކީ." ކުރީގެ ރައީސް ސާލިހް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން މަޝްރޫއުގެ ގޮތުގައި މިހާރު ސޮއިކުރަމުންދާ އްބަސްވުންތަކަކީ އެމަނިކުފާނު ސަރުކާރަށްވެސް ހުށައެޅި ކަމުނުދާތީ އޭރު ދޫކޮށްލާފައިވާ މަޝްރޫއުތައްކަމަށެވެ. 

" މިއަދު އަޅުގަމެންނަން މި ފެންނަނީ އިކޮނޮމިކް މިނިސްޓްރީގައި ހުރި، އަޅުގަނޑުމެން އުކާލާފއި ހުރި، އެއްކަލަ ބުނާހެން ރިސައިކަލް ބިންގައި ހުރި ބައެއް އެގެރިމެންޓް ނަގައިގެން ކޮންމެވެސް ބަޔަކު މިތަނަސް ގެނެސް ސޮއިކޮށްފައި އެ ދޫކޮށްލާތަން. އެއީކީ އަދި އެކަން ކުރެވޭނެ ގޮތެއް ނޫން." ސަރުކާރުން ސޮއިކުރާ ތަރައްގީގެ އެއްބަސްވުންތަކާއި ގުޅުވާ ރައީސް ސާލިހް ވިދާޅުވި އެވެ.

ރައީސް ސާލިހް ވިދާޅުވީ މި ހުރިހާކަމެއް ސަރުކާރުން ކުރަމުން އަންނަނީ އޮޅުވާލައިގެން ކަމަށެވެ. ސަރުކާރުގެ ބޭނުންމަކީ އަނެއްކާވެސް ރައްޔިތުންނަށް އޮޅުވާލައިގެން މަޖިލީހުގެ މެޖޯރިޓީ ހޯދުންކަމަށާއި މަޖަލީހުގެ މެޖޯރިޓީ މި ސަރުކާރަށް ދޭން ހެޔޮނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ވެރިކަމުގައި މިިދިޔަ ފަސްއަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ތަރައްޤީއަށް ގާތްގަޑަކަށް 36 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާނެކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ. އަދި އެއީ މިހާތަނަށް އެއްވެސް ސަރުކާރަކުން ރާއްޖޭގެ ތަރައްޤީއަށް ނުކުރާވަރުގެ ބޮޑު ހޭދައެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް