ads
ހުޅުމާލެ ސްޕާތައް ބަލާ ފާސްކޮށް ހައްޔަރުކުރި ބީދޭސީން ގެންދަނީ
ޑީޕޯޓްކުރަން އުޅުމުން ދައުލަތާއި ދެކޮލަށް ދައުވާކުރުމުން ދޫކޮށްލައިފި
ގަވައިދާ ހިލާފަށް އުޅޭކަމަށް ބުނެ ހައްޔަރު ކޮށް ޑީޕޯޓްކޮށްލުމަށް އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައި ހުރި ބިދޭސީއަކު ދައުލަތާއި ދެކޮޅަށް ދައުވާކުރުމުން އޭނާއަށް އެޅި ފިޔަވަޅުތައް ބާތިލުކޮށް މިނިވަންކޮށްފި އެވެ.
Advertisement

ދައުލަތާއި ދެކޮޅަށް ދައުވާކުރީ މާލޭގައި ހިންގާ ސްޕާއެއްގައި މަސައްކަތް ކުރި ތައިލެންޑް ރައްޔިތެއްކަމަށްވާ ކަނަކްޕޮން ތަވޮންގްނާ އެވެ. އިމިގްރޭޝަނުން މި މިހާ ހައްޔަރުކުރީ އޭނާ މަސައްކަތް ކުރާ ތަނަށް ވަދެ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. 

މި މިހާ އިމިގްރޭޝަނާއި ދެކޮޅަށް ސިވިލް ކޯޓުގައި ކުރި ދައުވާގައި ބުނެފައިވަނީ އިމިގްރޭޝަނުން އޭނާ ހައްޔަރުކުރީ އޭނާ މަސައްކަތް ކުރާ ތަން މަރާމާތަޢް ބަންދުކޮށްފައި ހުއްޓާ ކޯޓް އަމުރެއް ނެތި އެ ތަނަށް ވަދެކަމަށެވެ. އަދި އޭރު އޭނާ އުޅުނީ ރައްޓެހިންނާއި އެކު ކައްކަންކަމަށްވެސް އެ ދައުވާގައި ވެއެވެ.

އިމިގްރޭޝަނުން އޭނާ ބަންދުކޮށް ޑީޕޯޓްކުރަން ނިންމީ އޭނާ ކުށެއް ނުކުރަނީސްކަމަށާއި ރާއްޖޭގައި ހުރުމުގެ ހުއްދަ ބާތިލްވެފައި ނުވަނީސްކަމަށް އޭނާގެ ދައުވާގައި ވެއެވެ. އަދި އޭނާއާ ދެކޮޅަށް އެޅި ފިޔަވަޅަކީ އިމިގްރޭޝަން ގާނޫނާއި ހިލާފަށް އެޅި ފިޔަވަޅުތަކެއްކަމަށްވެސް އެމީހާ ވަނީ ބުނެ ފައެވެ.

އޭނާއަށް އިނގިރޭސިބަހުން ލިޔަންކިޔަން ނޭނގެނީސް ޑިޓެންޝަނަށް ގެންދިޔުމާ އެކު ސްޕޮންސަރުގެ ޣައިރު ހާޒިރުގައި އަދި ތަރުޖަމާނަކާ ނުލައި ބަޔާނެއްގައި ސޮއިކުރުވިކަމަށްވެސް އޭނާގެ ދައުވާގައި ވެއެވެ. އެހެންކަމުން އޭނާ ވަނީ އިމިގްރޭޝަނުން އަމަލުކުރީ އޭނާއަށް ލިބެންޖެހޭ ހައްގުތައް އެންމެ އެކަށީގެންވާ ގޮތުގައި ލިބިދިނުމެއް ނެތި ކަމަށް ކަނޑައަޅައި ދިނުމަށް އެދިފަ އެވެ. 

މި މައްސަލަ ކޯޓުގައި އޮއްވާ އެ މީހާވަނީ ދައުވާ އަނބުރާ ގެންދަން ބޭނުންވާކަމަށް ބުނެ ކޯޓަށް ހުށައަޅާފަ އެވެ.  ސަބަބެއްކަމަށް ބުނެފައިވަނީ  އޭނާއާ ދެކޮޅަށް އިމިގްރޭޝަނުން އަޅާފައިވާ ފިޔަވަޅުތައް އުވާލާ އޭނާއަށް ގެއްލިފައިވާ މިނިވަންކަން ލިބިފައިވާތީ ކަމަށެވެ. 

ކޯޓުން ވަނީ އެ މައްސަލަ ނިންމާ ދައުވާކުރި ފަރާތުން ދައުވާ އަނބުރާ ގެންގޮސްފައިވާކަމަށް ކަނޑައަޅާފަ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް