ads
މިސްޔުނިވާސް އެއްގެ ބައިވެރިން
ސައުދީ އަރަބިއާއިން މިސް ޔުނިވާސް މުބާރާތުގައި ބައިވެރިވަނީތަ؟
ސައުދީ އަރަބިއާއިން މި 2024 ވަނަ އަހަރުގެ މިސް ޔުނިވާސް ޕެޖެންޓްގައި އެގައުމުން ބައިވެރިވާކަމަށް ސޯޝަލް މީޑިއާގައި ފެތުރު މައުލުމާތު ދުނިޔޭ މިސް ޔުނިވާސް އޯގަނައިޒޭޝަން އިން ދޮގުކޮށްފި އެވެ.

މިސް ޔުނިވާސް އޯގަނައިޒޭޝަންއިން އިން މި ފަހުން ސީއެންއެންއަށް ދިން ބަޔާނެއްގައިވަނީ ބުނީ މިސް ޔުނިވާސްގެ ސެލެކްޝަން ޕްރޮސެސްގެ އެެއްވެސް ހަރަަކާތެއް ސައުދީގައި ހިންގާފައި ނުވާނެކަމަށެވެ. އަދި އެއީ ހަގީގަތާ ހިލާފު، މީހުންނަށް އޮޅުވާލަން ފަތުރާފައިވާ ވާހަކައެއްކަަމަށްވެސް އެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި ވަނީި ހާމަކޮށްފަ އެވެ.

މީގެއިތުރުން މިއަހަރު ބައިވެރިވާކަން ފުރިހަމައަށް ކަށަވަރުވެފައިވާ ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ އަދި ނުހިމެނޭއިރު، މިހާރު ކުރިއަށްގެންދަނީ ފްރެންޗައިޒް ހޯދާ، ނޭޝަނަލް ޑިރެކްޓަރަކަށް އެކަށީގެން ކެންޑިޑޭޓަކު ކޮލިފައި ކުރުމުގެ މަރުހަލާކަމަށް މިސް ޔުނިވާސް އޯގަނައިޒޭޝަން އިން މައުލޫމާތުދެއެވެ.


"އަޅުގަނޑުމެންގެ ޝަރަފުވެރި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ސައުދީއަށް ވެސް ލިބޭނީ އަޅުގަނޑުމެންގެ އެޕްރޫވަލް ކޮމިޓީން ކަށަވަރުކޮށް ދީ ގެން" މިސް ޔުނިވާސް އޯގަނައިޒޭޝަންއިން ބުންޏެވެ.


ސައުދީން މިސް ޔުނިވާސްގައި ބައިވެރިވާކަމުގެ ހަބަރު ސޯޝަލް މީޑިއާގައި ފެތުރިފައިމި ވަނީ ސައުދީ އަރަބިއާގެ މޮޑެލް ރޫމީ އަލް ގަތާނީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓްއަކާ ގުޅިގެންނެވެ. އޭނާ ބުނީ މިސް ޔުނިވާސް މުބާރާތުގައި ބައިވެރިވުމަށް ލިބުނު ފުރުސަތަކީ ވަރަށް ބޮޑު ޝަރަފެއްކަަމަށާއި އޭނާ އަށް ލިބުނު އެ ފުރުސަތާއި އެކު މިއީ ސައުދީ މުބާރާތުގައި ބައިވެރިވާ ފުރަތަަމަ ފަހަރު ކަމަށެވެ. ރޫމީ މިފަދައިން ޕޯސްޓްކުރި ކީއްވެ ކަމެއް އަދި ހާމަވާކަށެއްނެތެވެ.

މި އަހަރުގެ މިސް ޔުނިވާސް މުބާރާތް ސެޕްޓެމްބަރު އޮންނާނީ މެކްސިކޯގަ އެވެ. މުބާރާތުގައި 100 އަށް ވުރެ ގިނަ ގައުމުން ބައިވެރިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް