
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީ.ސީ.ބީން ބުނީ، އާރް.ޑީ.ސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން އަލީ ޒުހައިރު ވަކިކޮށް، އެ މަގާމަށް މއ. އެލީޒިއަމް އިބްރާހީމް ނަޒީމު މިއަދު އައްޔަނުކުރައްވާފައިވާކަމަށެވެ.
އަދި އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރަކަށް އަލީ ޒުހައިރު އައްޔަނުކުރައްވާފައިވާކަމަށެވެ.
އާރުޑީސީއަށް އައްޔަންކުރެއްވި ނަޒީމް މިހާތަނަށް ހުންނެވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ.
އޭނާ ވަނީީ ކުރިން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަން ކުރައްވައިފަ އެވެ. އަދި މަގުތައް ހެދުމާއި ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށް އުފެއްދި ކުންފުނި (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމް ވެސް ނަޒީމް ފުރުއްވި އެވެ.
އާރުޑީސީން ނަޒީމް އޭރު ވަކިކުރީ ކޮރަޕްޝަންގެ ތުހުމަތުގަ އެވެ. އެއީ "ގެދޮރުވެރިކުރުވުން" ޕްރޮގްރާމްގެ ދަށުން ހއ. ދިއްދޫގައި އިމާރާތްކޮށްފައިވާ ފްލެޓް ދޫކުރުމުގައި ސިޔާސީ ގޮތުން ނުފޫޒު ފޯރުވައި، ހައްގު ނޫން ފަރާތްތަކަށް ފްލެޓް ދީފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.