ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ނިލަންދޫއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ، އާބަން ސެންޓަރުތައް ގާއިމްކުރާ ހަތް ސަރަހައްދުގެ ތެރޭގައި ނިލަންދޫ ހިމެނޭނެ ކަމަށެވެ.
ރައީީސް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ތަރައްގީގެ ނަތީޖާ ނެރެދިނުމަކީ މުހިއްމުކަމެއް ކަމަށާއި، ސަރުކާރުގެ ދެމެހެއްޓެނިވި ތަރައްގީގެ ޕްލޭން ރައްޔިތުން ބަލައިގެންފައިވާ ކަމުގަ އެވެ.
ނިލަންދޫ ރައްޔިތުން ތަރައްގީގެ އިންތިޒާރުގައި މާޔޫސްވެފައި ތިބި ތިބުން ނިމުނަކަށް ގެންނަވާނެކަމަށް ރައީީސް ފާހަގަކުރެއްވި އެވެ. އަދި ނިލަންދޫއިން އެދޭ ވަރަށް ވުރެ ވެސް ގިނަ ކަންކަން ތަރައްގީގެ ޕްލޭންގަ އެބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް އިޝާރާތް ކުރައްވަމުން ރައީީސް ވިދާޅުވީ ތަރައްގީއަށް ހުރަސް އެޅުމުގެ ބާރު އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށެވެ. އެގޮތުން އަތޮޅުގެ ދާއިރާތަކަށް ސަރުކާރު ކޯލިޝަންގެ މެމްބަރުން ނުހޮވައިފިނަމަ ތަރައްގީއަށް ހުރަސް އެޅިދާކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.