ads
ފުލުހުން
ވެހިކަލް ގެނެސްދޭނެ ކަމަށްބުނެ ފައިސާ ނަގާފައިވޭތޯ ބަލަނީ
މެގަޓްރޯން މޮޓޯރސް މޯލްޑިވްސް ވޭވް އިންޓަރނޭޝަނަލް އާ ގުޅުންހުރި މަކަަރާ ހީތލަތުގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ ވެހިކަލް ގެނެސްދޭނެކަމަށް ބުނެ މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދާފައިވާ މައްސަލައެއް ބަލަމުން އަންނަކަމަށެވެ. ފުލުހުން ބުނީ އެ ކުންފުނިން އިތުރު މީހުންގެ އަތުން ފައިސާ ނަގާފައިވޭތޯ ބަލަން ބޭނުންވާކަމަށެވެ. 

މެގަޓްރޯން މޮޓޯރސް މޯލްޑިވްސް ވޭވް އިންޓަރނޭޝަނަލް މުހައްމަދު ޒާޖީ އިސްލާއީލް ނަމަކަށް ކިޔާ މީހެއްގެ ވިޔާފާރިއެކެވެ. އޭނާ އަކީ މޯލްޑިވްސް ވޭވްގެ ނަމުގައި ރާއްޖޭގެ އަމިއްލަ ގަޑި ބްރޭންޑެއް ތައާރަފްކޮށް ވިއްކަމުން އަންނަ މީހެކެވެ.

ވެހިކަލް ގަނެދޭނެކަމަށް ބުނެ އޮޅުވާލައިިގެން ފައިސާ ނެގި މި މައްސަލަ ފެންމަތިވިއިރު  އޭނާ ވަނީ ރާއްޖެއިން ފުރައިގެން ގޮސްފައިއެވެ. ވެހިކަލް ގަނެދޭނެކަމަށް ބުނެ ނެގިފައިސާގެ އަދަދު އެތައް މިލިއަން ރުފިޔާއަކަށް އަރާ ކަމަށްވެއެވެ.

އެކުންފުންޏަށް ވެހިކަލް ގެނައުމުގެ ގޮތުން ފައިސާ ދައްކަވާފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅާ ހިއްސާކުރުމަށް ފުލުހުންގެ ވަނީ އެދިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް