ads
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމާއި ރައީސާއި ނައިބު ރައީސްކަމުގެ މަގާމަށް، ރައީސް ބޭފުޅުން ޢައްޔަން ކުރެއްވުން ފޮޓޯ: ރައީސް އޮފީސް
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސް، ނައިބު ރައީސްކަމުގެ މަގާމަށް ބޭފުޅުން އައްޔަނުކޮށްފި
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމާއި ރައީސާއި ނައިބު ރައީސްކަމުގެ މަޤާމަށް، ރައީސް މިއަދު ބޭފުޅުން އައްޔަންކުރައްވައިފި އެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމާއި ރައީސާއި ނައިބު ރައީސްކަމުގެ މަގާމަށް، ބޭފުޅުން އައްޔަންކުރައްވައިފި އެވެ. މިބޭފުޅުން މަގާމަށް އައްޔަން ކުރެއްވީ މިއަދު މެންދުރުފަހު ރައީސްގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށާއި ރައީސްކަމުގެ މަގާމަށް އައްޔަންކުރެއްވީ ޏ.ފުވައްމުލައް، ދަޑިމަގު. ގްލޯރީގެ އަލްއުސްތާޒު އިސްހުގު ހުސައިނެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށާއި ނައިބު ރައީސްކަމަށް، އައްޔަންކުރައްވާފައި ވަނީ ޅ.ހިންނަވަރު، ހިޔާވަހި އަލްއުސްތާޒު ފާތިމަތު މަހީރާ މުހައްމަދެވެ. 

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް، ހުޅުމާލެ ހިޔާ 04-21-8 އަލްއުސްތާޒު ޝަހީމާ ސަލީމާއި ގއ.ގެމަނަފުށި، ފެހިކުރި އަލްއުސްތާޒު އިޝާރާ އަބްދުލްއަޒީޒު އަދި ދަފްތަރު. ނަންބަރު ދރ 265 އަލްއުސްތާޒާ އަލްއުސްތާޛާ ސައުސަން އަލީ މިއަދު އައްޔަންކުރައްވާފަ އެވެ.

މިއަދު ރައީސްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައިލާދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޒު އަލީ ރަޝީދު ހުސައިނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް