ads
ނ، ރ އަދި ބ އަތޮޅަށް އާރްޓީއެލް ފެރީގެ ޚިދުމަތް ފަށުމަށް އެއްބަސްވުމުގައި ސޮއި ކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --
މ. އަތޮޅާއި މާލެއާ ދެމެެދު ހައިސްޕީޑް ފެރީގެ ހިދުމަތް ފަށައިފި
މުޅި ރާއްޖެ ފެރީގެ ނިޒާމުން ގުޅައިލުމަށް އެމްޓީސީސީން ހިންގާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ނިޒާމުގެ ތެރެއިން ނ، ރ އަދި ބ އަތޮޅުގައި ފެރީގެ ހިދުމަތް ފަށަން މިއަދު ޓްރާންސްޕޯޓު މިނިސްޓްރީއާއި އެމްޓީސީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކޮށްފައިވަނި ސީއީއޯ އަބްދުﷲ ޒިޔާދެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ މިނިސްޓަރު މުހައްމަދު އަމީނެވެ.

އެމްޓީސީސީން ބުނެފައިވަނީ މުލަކުއަތޮޅާއި މާލެއާއި ދެމެދު ސްޕީޑް ފެރީގެ ހިދުމަތް ފެށުމުން އަދި ނ. ރ. އަދި ބ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމުން މި އަތޮޅުތަކުގައި ރައްޔިތުންނަށް އިޤްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބި، ރައްޔިތުން ރަށު ބަންދުން ވީއްލި، ދަތުރުފަތުރުގެ އިންޤިލާބީ އައު ބާބެއް ފެށޭނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ އާރްޓީއެލްގެ ހިދުމަތަކީ މިހާރު ވެސް ރާއްޖޭގެ ވަކި ސަރަހައްދުތަކެއްގައި ދެމުން އަންނަ ހިދުމަތެއް ކަމަށެެވެ.

"އަޅުގަނޑުމެން ސަރުކާރާ ހަވާލުވެގެން ވެސް، ރައީސް ހަމަ ވަރަށް ބޮޑަށް ވައުދު ވެވަޑައިގެންފައި އޮތީ، ހިނގަމުންދިޔަ އެއްވެސް ރައްޔިތުންނާ ގުޅުންހުރި ޕްރޮޖެކްޓެއް ހުއްޓުމަކަށް ނާންނާނެ ކަމަށް. އަދި، އެ ޕްރޮޖެކްޓުތައް ރަނގަޅުކޮށްގެން އިތުރަށް ކުރިއަށް ގެންދާނެ ވާހަކަ. އޭގެ މިސާލެއް މިއަދު ފެނިގެން މި ދިޔައީ،" އޭނާ ވިދާޅުވި އެވެ.

އެމްޓީސީސީން ބުނެފައިވަނީ އާރްޓީއެލް ހިދުމަތް ފުޅާކުރުމުގެ ގޮތުން އިތުރު ސަރަހައްދުތަކުގައި ހިދުމަތް ފެށުމަށް ބޭނުންވާ އުޅަނދުތައް ބަނުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުންދާ ކަމަށެވެ. އަދި އާރްޓީއެލް ފެރީ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ކުރެވެންހުރި މަސައްކަތްތަކާއި ތަމްރީނުތައް ދެވެމުންދާ ކަމަށްވެސް މައުލޫމާތުދީފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް