ads
މިފްކޯއިން ކޫއްޑޫ، ފެލިވަރު، އައްޑޫއަށް ގިނަ މުވައްޒަފުންތަކެއް ނަގަނީ
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ދަށުން ހިންގާ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ގިނަ އަދަދެއްގެ ވަޒީފާއަށް މީހުން ނަގަން ފަށައިފިއެވެ.

ކޫއްޑޫ މަސް ކާރުހާނާއަށް މަސްވެރިންގެ ކެފޭގެ ކޭޝިއަރުން ފެށިގެން ސީނިއާ އޮފިސަރުންނާއި ހަމައަށް ގިނަ މަގާމުތަކެއް ވަނީ ހުޅުވާލާފައެވެ. މީގެތެރޭގައި ސްޕައިވައިޒަރުންނާއި ދޯނި ކެޕްޓަނުންގެ މަގާމުތައްވެސް ހިމެނެއެވެ. 

ހުޅުވާލި މަގާމުތަކުން މަދު މަގާމަކަށް ނޫނީ މުސާރާގައި ގޮތުގައި ވަކި އަދަދެއް ކަނޑަޅާފައެއް ނުވެއެވެ. މިފްކޯއިން ބުނަނީ ތައުލީމާއި ތަޖުރިބާއަށް ބަލާ އެކަށިގެންވާ އަދެދެއްގެ މުސާރައެއް ދޭނެކަމަށެވެ. އަދި މި މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެކަމަށް ކުރިމަތިލާން ދީފައިވަނީ އެންމެ 2 ދުވަހުގެ މުއްދަތަކެވެ. 

މިފްކޯއިން އަންނަނީ ކޫއްޑޫގެ އިތުރުން އައްޑޫއާ ފުވައްމުލަކާއި ފެލިވަަރުގެ އިތުރުން ފުވައްމުލައް ފިޝް ކަލެކްޝަން ސެންޓަރަށްވެސް މުވައްޒަފުން ނަގަމުންނެވެ.

ރައްޔިތުން މަޖިލީހުގެ އިންތިހާބާއި ދިމާކޮށް އިންތިހާބަށް ނުފޫޒުފޯރުވުމުގެ ގޮތުން ގިނަ އަދަދެއްގެ ވަޒީފާތައް ދެމުން އަަންނަކަމަށް ބައެއް ޖަމިއްޔާ ޖަމާއަތްތަކުން ވަނީ ބުނެފައެވެ. އަދި ވަޒީފާގެ ބިރުވެރިކަންވެސް އިތުރުވެފައިވާކަމަށްވެސް ހިއުމަން ރައިޓްސް ކޮމިޝަނުންނާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ވަނީ ބުނެފައެވެ. 

ޖޫނިއަރ އޮފިސަރ 

އިލެކްޓްރީޝަން 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް