ads
ކުޅުދުއްފުށި ސިޓީ - ފޮޓޯ: ކުޅުދުއްފުށި އޮންލައިން
މައްސަލަ ހައްލުކުރިީ ރޭ އަނެއްކާވެސް ކުޅުދުއްފުށިން ކަރަންޓް ކެނޑިއްޖެ
މުޅި ކުޅުދުއްފުށިން ކަރަންޓް ކެނޑޭތީ މައްސަލަ ހައްލުކުރިކަމަށް ބުނެ އަލުން ކަރަންޓް ދިންތާ 24 ގަޑިއިރުވެސް ނުވަނީސް އަނެއްކާވެސް ކަރަންޓް ކެނޑިއްޖެއެވެ.

އިއްޔެ މުޅި ކުޅުދުއްފުށިން ކަރަންޓް ކެނޑިފައި އޮންނަތާ 12 ގައިރުފަހުން ރޭ އެރަށަށް ކަރަންޓް ދީފައިވަނޯ ސްޓެލްކޯގެ ޓީމެއް ގޮހެވެ.

ކުޅުދުއްފުށި ސިޓީއަށް ފޮނުވި ސްޓެލްކޯގެ ޓީމާއި އެ ސިޓީއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ފެނަކަ ކުންފުނީގެ މުވައްޒަފުން ގުޅިގެން ކުރި މަސައްކަތުން މައްސަލަ ހައްލުކޮށް މުޅި ސިޓީއަށް ކަރަންޓު ރޭ 08:15 ގައި ދެވިފައިވާ ކަން، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ފޭސްބުކް ޕޯސްޓެއްގައި ބުންޏެވެ.

ކުޅުދުއްފުށީގައި ހުރި ޖަނެރޭޓަރު ސެޓަކަށް މައްސަލަ ދިމާވެ ކޮންމެ ދުވަހަކު އެރަށުން ދަނީ އެ ކި ހިސާބުތަކުން ގަޑިއިރަކަށް ކަރަންޓް ކަނޑަމުންނެވެ، މި ރޯދަ މަސް އެއްކޮށް އެރަށުގެ ރައްޔިތުންނަށް ކަރަންޓް ލިބެމުން ދިޔައީ މިގޮތަށެވެ.

ރޯދަމަހު އެއްކޮށް ކުޅުދުއްފުށިން ކޮންމެ ދުވަހަކު ކަރަންޓް ކަނޑަން ޖެހުމުގެ އެކަމުގެ ޒިންމާނެގުމުގެ ގޮތުން ބިލުން 50 ޕަސެންޓް ޑިސްކައުންޓް ދިނުމަށް ފެނަކައިން އިން އޮތީ ނިންމާފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް