ބާސެލޯނާ އޯޕަންގައި ރަފައެލް ނަޑާލް އަންގާރަ ދުވަހު މޮޅުވީ އިޓަލީގެ ފްލެވިއޯ ކޮބޮލީ އަތުން 6-2 6-3 އިންނެވެ. މި މެޗުގައި ނަޑާލް މޮޅު ކުޅުމެއް ކުޅުނު އިރު، މިއީ އޭނާ ރިޓަޔާ ކުރުމުގެ ކުރިން އެންމެ ފަހު އަހަރު ކަމަށް ވެދާނެ ބެލެވެއެވެ.
ޖޫން މަހު 38 އަހަރު ފުރޭ ނަޑާލް މިހާރު އޮތީ ރޭންކިންގެ 644 ވަނައިގައެވެ. އޭނާ އަންގާރަ ދުވަހު ކުޅުނު މެޗަކީ ޖަނަވަރީގެ ފަހުން ކުޅުނު ފުރަތަމަ ރަސްމީ މެޗެވެ. ނަޑާލް ވަނީ 2024 ވަނަ އަހަރަކީ ޕްރޮފެޝަނަލް ކުޅުންތެރިއެއްގެ ގޮތުގައި އޭނާގެ އެންމެ ފަހު އަހަރަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެފައެވެ.