ads
ހައްޖާއި އުމްރާއަށް ދިޔުމަށް ބަޔަކު ފުރަނީ
މަޝްއަރު ގޫރުޕުން ދިޔަ މީހުން މައްކާގައި ތާށިވެއްޖެ. މައްސަލަ ފުލުހުންނަށް
މިއަހަރުގެ ރޯދަ އުމްރާއަށް މަޝްއަރު ޓުއާސްގެ ހަވާލުގައި މައްކާއަށް ދިޔަ މީހުން ނާދެވި މައްކާގައި ތާށިވެއްޖެއެވެ.
Advertisement

މި މައްސަލަ ފެންމަތިވުމުން މި ގްރޫޕްގެ މައްސަލަ ބެލުމަށް އިސްލާމީ ކަންތަައްތަކާއި ބެހޭ ވުޒާރާއިން ވަނީ ފުލުހުންނަށް ހުށައަޅާފައެވެ. 

މަޝްއަރު ޓުއާސްގ ގްރޫޕުން މިއަހަރު އުމްރާއަށް ގެންދިޔަ މީހުންނަށް މިފަހަރުވެސް ދިމާވީ ޓިކެޓް މައްސަލައެވެ. ޓިކެޓަށް ފައިސާ ދެއްކި ޗެކް ބައުންސްވެ ދިން މުހުލަތުގައިވެސް ފައިސާ ނުދެއްކުމުން ޓްއާ އޮޕަރޭޓަރުން ޓިކެޓް ކެންސަލްކޮށްފައިވާކަން އެނގިފައިވެއެވެ. 

މަޝްއަރު ޓުއާސް އިން މިއަހަރުގެ ރޯދަ އުމްރާއަށް ދިޔަ މީހުން ރާއްޖެ އަންނަ ފުރަން އޮތީ އިއްޔެއެވެ. އެހެންނަމަވެސް ފުރަން ވަގުތު ކުޑަތަންވެފައިވަނިކޮށް ދަތުރު ކެންސަލްވެފައިވާކަން ގްރޫޕުން ވަނީ އަންގާފައެވެ. އަދި އުމްރާވެރިން އަމިއްލައަށް ޓިކެޓް ނަގައިގެން ރާއްޖެ ދިޔުމަށާއި ރާއްޖެ ދިޔުމުން ފައިސާ އަނބުރާ ދޭނެކަމަށް ގުރޫޕުން ވަނީ އަންގާފައެވެ.

މިކަމާއި ގުޅިގެން އިސްލާމީ ކަންތައްތކާެި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުމްރާއަށް މީހުން ގެންދިއުމާ ބެހޭ ގޮތުން ރާއްޖޭގައި އަމަލުކުރަމުން އަންނަ ރަސްމީ އުޞޫލުތަކާ ޚިލާފަށް މީހުން އަތުން ލާރި ނަގައި އެއަށް އިހުމާލުވަމުންދާ ޖަމާޢަތެއްގެ މައްސަލަ ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމަށް މިއަދު ޕޮލިހަށް ހުށަހަޅާނެކަމަށެވެ.

އުމްރާއަށް ގެންދިޔުމުގެ ހުއްދަ ނޯންނަ މަޝްއަރު ޓުއާސް މި ގްރޫޕުން 2023ގައި ރޯދަ އުމްރާއަށް ދިޔަ މީހުންނަށްވެސް މިފަދަ މައްސަލަތަކެއް ދިމާވިއެވެ. އަދި އެއާއި އެކު ހުއްދަ ނުދޭ ޖަމާއަތްތަކާއި އެކު އުމްރާދާން ފައިސާ ނުދެއްކުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްވެސް ކުރިއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް