ads
ޔޫތް މިނިސްޓްރީން ބާއްވާ ސްކޯލާޝިޕް ޕްރޮގްރާމް
މެރިއޮޓް އިންޓަނޭޝަނަލްގެ ދެވަނަ ބެޗުގައި ތަމްރީންވުމަށް ހުޅުވާލައިފި
މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްއިން ހިންގާ "ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމް"ގެ ދަށުން މެރިއޮޓް އިންޓަނޭޝަނަލްގެ ދެވަނަ ބެޗުގައި ތަމްރީނުވުމަށް ހުޅުވާލައިފި އެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމަކީ މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތުގެ ތަޖުތިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.މިޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ނެޝަނަލް ސްޓޭންޑަރޑްތަކާ އެއްގޮތަށެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމްގެ ދަށުން މެރިއޮޓް އިންޓަނޭޝަނަލްގެ ފުރަތަމަ ބެޗްގެ ބައިވެރިން މާރޗް މަހުގެ ތެރޭގައި 43 ޒުވާނުން ގްރެޖުއެޓުވިއިރު އޭގެ ތެރެގައި 21 ޒުވާނުންނަށް ވަޒީފާ ޔަގީންވެފައިވާކަމަށް ޔޫތް މިނިސްޓްރީން ބުނެއެވެ.

ދެވަނަ ބެޗުގައި ބައިވެރިވުމަށް މިއަދު ހުޅުވާލާފައިވާއިރު މި ޕްރޮގްރާމުގައި ރަޖިސްޓްރީވުމަށް ވަނަންވަރު  [email protected] މެއިލްކުރުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

މި އޯޕަންޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް އޯޕަންޑޭގެ ނަމުގަ އިންޓިޓިއުޓް އޮފް ޓެކްނޮލޮޖީގައި މާދަމާ 11:30 އިން 15:00 އަށެވެ.ޝައުގުވެރިވާ ފަރާތްތަކަށް މި އޯޕެން ޑޭގައި މި ޕްރޮގްރާމާ ބެހޭ އިތުރު މައުލޫމާތު ލިބި، އެޕަރެންޓް އަށް ރަޖިސްޓްރީ ކުރެވޭނެ އެވެ. ޝައުގުވެރިވާ ފަރާތްތަކަށް މި އޯޕެން ޑޭގައި މި ޕްރޮގްރާމާ ބެހޭ އިތުރު މައުލޫމާތު ލިބި، އެޕަރެންޓް އަށް ރަޖިސްޓްރީ ކުރެވޭނެކަމަށް ޔޫތް މިނިސްޓްރީން ބުނެ އެވެ.

މިއަހަރު މެރިއޮޓް އިންޓަނޭޝަނަލް މޯލްޑިވްސް ރިސޯޓްތަކުގެ 7 ޕްރޮޕަޓީއަކުން 100 އަށް ވުރެ ގިނަ އެޕްރެންޓިސްޝިޕް ސްލޮޓް ދިނުމަށް ހަމަޖެހިފައިވާއިރު ޕްރޮގުރާމުގެ ބައިވެރިންނަށް މަހުން މަހަށް ދޭ އެލަވަންސާއި ކެއުމާއި ހުރުން ވެސް ހަމަޖެހިގެންދާކަމަށް ޔޫތް މިނިސްޓްރީން ބުނެ އެވެ. ޕްރޮގްރާމް ނިމުމުން ގްރެޖުއޭޓުވާ ފަރާތްތަކަށް އެމްއެންއެސްޑީއޭ އިން ނެޝަނަލް ސެޓްފިކެޓް އެމްއެންކިއުއެފް ލެވެލް 3ގެ ލިބިގެންދާނެކަމަށްވެސް މިނިސްޓްރީން ވަނީ ފާހަގކޮށްފަ އެވެ.

މި ޕްރޮގުރާމުގެ މަގުސަދު ތަކުގެ ތެރޭގައި މަސައްކަތްތެރިކަމުގެ ދާއިރާގެ ތަމްރީނު ހޯދުމަށް ޝައުޤުވެރިވާ ޒުވާނުންނަށް މަސައްކަތްތެރިކަމުގެ ދާއިރާއިން ސަރުކާރު ގަބޫލުކުރާ ފެންވަރުގެ ތަމްރީނު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުން ހިމެނެކަމަށް ޔޫތް މިނިސްޓްރީން މައުލޫމާތުދެ އެވެ. މީގެ އިތުރުން މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް މަސައްކަތްތަކާއި ގުޅޭގޮތުން ނެޝަނަލް ކޮމްޕިޓެންސީ ބޭސްޑް ޓްރެއިނިންގް ސްޓެންޑާރޑް ތަކުގައި ހިމަނާފައިވާ ހުރިހާ ކޮމްޕިޓެންސީއެއް ހާސިލްކުރެވިފައިވޭތޯ ބަލައި، ކަށަވަރުކުރުމަށްފަހު، ތަމްރީން ފުރިހަމަކުރި ކަމުގެ ގައުމީ ސަނަދު ދޫކުރުން ވެސް ޕްރޮގްރާމްގެ މަގްސަދެއްކަމަށް މިނިސްޓްރީން ފާހަގަކުރެ އެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ތަމްރީނުތައް ކުރިޔަށް ދާނީ މައިގަނޑު 6 ދާއިރާއަކަށް ހާއްސަ ކުރެވިގެންނެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، އިމާރާތްކުރުމުގެ ދާއިރާ، އިޖްތިމާއީ ދާއިރާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ، އަދި އިންފޮމޭޝަން، ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ދާއިރާ ހިމެނެ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް