ads
ފެނަކައިން ގެނައި ޖެންސެޓުތައް ރަށްތަކަށް ފޮނުވުމުގެ މަސައްކަތްކުރަނީ - ފޮޓޯ: ފެނަކަ
ފެނަކައިން ގެނައި ޖެންސެޓްތައް ރަށްރަށަށް ފޮނުވަން ފަށައިފި
ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ފެނަކަ ކޯޕަރޭޝަނުން ގެނައި ޖެންސެޓުތައް ރަށްރަށަށް ފޮނުވަން ފަށައިފި އެވެ.

ފެނަކައިން މިއަދު ބުނީ ޖެންސެޓުތައް ކަސްޓަމުން ކްލިޔާކޮށް ރަށްތަކަށް ފޮނުވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ޖެންސެޓްތައް ފޮނުވާ ރަށްތައް:

ބ. ކިހާދޫ 250 ކވ

ނ. މާފަރު 400 ކވ

ބ. މާޅޮސް 400 ކވ

ރ. މާކުރަތު 400 ކވ

ނ. ހެނބަދޫ 250 ކވ

ރ. އަލިފުށި 600 ކވ

ށ. މަރޮށި 250 ކވ

ފެނަކައިން އިއްޔެ ވަނީ ސ. ހިތަދޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން ކެޕޭސިޓީ އިތުރުކުރުމަށް 1000 ކިލޯވޮޓްގެ ޖަނަރޭޓަރެއް، އަދި ތ. ތިމަރަފުށީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން 800 ކިލޯވޮޓްގެ ޖަނަރޭޓަރެއް އިންސްޓޯލްކުރުމުގެ މަސައްކަތް ކުރިއަށްގެންގޮސްފަ އެވެ.

މީގެއިތުރުން ‏ބ. އޭދަފުށީގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ޓްރާންސްފޯމަރުތައް ބެހެއްޓުމަށް އަޅާފައިވާ އެޗްވީ ކޭބަލް ޖޮއިންޓް ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ފެނަކައިން އިއްޔެ ބުނެފައިވެ އެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓުގެ މައްސަލަތަކަށް ރަނގަޅު ދާއިމީ ހައްލެ ގެނެސްދެއްވުމަކީ ރައީީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް