ads
ރޭ ފުވައްމުލަކުގައި ބޭއްވި ހަރުގެ ޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވާހަކަ ދައްކަވަނީ. - ފޮޓޯ: އެމްޑީޕީ
ވަޒީފާއަށް ބިރުދައްކާ ވީޑިއޯއެއް، ގާނޫނީ ކުށަކަށް ހަދާނަން: ފައްޔާޒު
ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިއްޖެނަމަ ސިޔާސީ މަގުސަދަށް ވަޒީފާއިން ވަކިކުރުމަކީ ގާނޫނީ ކުށެއް ކަމުގައި ހަދާނެކަމަށް އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
Advertisement

ފައްޔާޒު މިހެން ވިދާޅުވީ އަންހެން މުވައްޒަފަކު ކޮންމެވެސް ތަނަކަށް ދާން މަޖުބޫރު ކުރުވާ، އެކަން ނުކޮށްފި ނަމަ ވަޒީފާއިން ކަނޑާލާނެ ކަމަށް ބުނާ ވީޑިއޯއެއް އެކްސްގައި ހިއްސާކުރައްވަމުންނެވެ. 

އެ ވީޑިއޯގައި ވާހަކަ ދައްކާ އަންހެން މީހަކީ އާރުޑީސީގައި މަސައްކަތް ކުރާ މީހެއްކަން އޭނާގެ ވާހަތަކުން އެނގެއެވެ. އެ އަންހެން މީހާގެ ވާހަކަތަކުން އެނާއަށް ސިޔާސީ ކޮންމެވެސް ތާކަށް ދާން މަޖްބޫރުކުރާކަން އެނގެެއެވެ. އެހެންނަމަވެސް އެއީ ކޮންތަނެއްކަމެއް އެމީހާގެ ވާހަކަ އަކުން ސާފެއް ނުވެއެވެ. 

" ތިމަންނަ ކުރަން ޖެހޭނީ އެންމެ ކޯލެއް ކަމަށާއި އެ ކޯލުން ވަޒީފާއިން ކެނޑޭނެ. ..... ދެން މަށާ ދިމާއަށް ބުނަނީ ދެން ތިބެން ޖެހޭނީ ނުކައޭ. ތިމަންނަ ބުނިން ކުރިން ވެސް އާރުޑީސީއަށް ގޮސްގެންނެއް ނޫނޭ ކެއީކީ،" އެ ވީޑިއޯގައި އަންހެން މީހާ ބުނެއެވެ.

އެމްޑީޕީގެ ކެމްޕެއިން ތެރެއިން ރައީސް ސާލިހާއި އެކު ހުންނަވާ މަންޒަރު ފެންނަ މި ވީޑިއޯ އާއްމުކުރައްވަމުން ރައީސް މުހައްމަދު މުއިއްޒު ޓެގްކުރައްވާ ފައްޔާޒު ވިދާޅުވީ އެމްޑީޕީ އަށް ތާއީދުކުރާ ރައްޔިތުންނަކީ ދައްކާހާ ބިރަކަށް ސިހޭނެ ބައެއް ނޫންކަން ރައީސް މުއިއްޒަށް އަށް އެނގިނުލައްވާތީ ހިތާމަކުރަައްވާކަމަށެވެ. 

" މި ރައްޔިތުންނަކީ ތިޔަހެން ދައްކަވާހާ ބިރަކަށް ފަހަތަށްޖެހޭނެ ބައެއްނޫން. އަޅުގަނޑުމެން އެމްޑީޕީއިން ހޯދައިދިން މިނިވަންކަމަކީ ބިރު ފަހަނައަޅާ ގޮސް ހޯދި މިނިވަންކަމެެއް. ސަރުކާރުން ވަޒީފާ ހަތިޔާރަކަށް ހަދާ ބިރުދެއްކުމަކީ ވަރަށް ފިނޑި އަމަލެއް، ހުތުރު ކަމެެއް. " ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވެއެވެ.

 

ފައްޔާޒު ވިދާޅުވީ އަންނަ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިއްޖެނަމަ ސިޔާސީ މަގުސަދަށް ވަޒީފާއިން ވަކިކުރާކުރުން ގާނޫނީ ކުށަކަށް ހަދާނެކަމަށެވެ. އަދ ސިވިލް ސާވިސް މުވައްޒަފުންނަށް ލިބިދީފައިވާ ފަދަ ގާނޫނީ ރައްކާތެރިކަން ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށްވެސް ކަށަވަރުކޮށްދޭނަކަމަށް ފައްޔާޒު ވިދާޅުވިއެވެ. 

ވަޒީފާއަށް ބިރު ދައްކާ މި ވީޑިއޯ އާއްމުވެފައިވާއިރު ވެރިކަން ކުރާ ޕީއެންސީގެ ޕޯޑިއަމްތަކުގައި އިދިކޮޅު މީހުންނަށް ވަޒީފާގެ ބިރު ދެއްކުމާއި އަސާސީ ހިދުމަތްތައް ކަނޑާލަން ގޮވާ ސަރުކާރަށް ތާއީދުކުރާ މެމްބަރުން ވަނީ ވާހަކަ ދައްކާފައެވެ. މި ވާހަކަތަކާއި ގުޅިގެން ސަރުކާރުން ބުނީ އެއީ އެ ފަރުދެއްގެ ވިސްނުންކަމަށެވެ. އަދި އެއީ އެޕާޓީގެ ވިސްނުން ނޫންކަމަށް ބުނެ އެމީހުންނާއި މެދު އެޅި ފިޔަވަޅެއް ހާމަކުރަން ނުޖެހޭކަމަށް ސަރުކާރުން ހިންގާ ޕީއެންސީން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް