ads
މަޖިލިސް ކެމްޕެއިންގައި ޑޯޓު ޑޯގައި ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ބައިވެރިވެޑައިގަންނަވަނީ
ސާޖިދާ ގެންދަވަނީ ސަރުކާރު ހިންގުމުގެ ތެރެއަށް އަތްބާނަމުން : ޔާމީން
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ސަރުކާރު ހިންގުމުގެ ތެރެއަށް އަތްބާނަމުން ގެންދަވާކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
Advertisement

ޕީއެންއެފުން ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައަީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ބައެއް މަސައްކަތްތަކަށް އެމަނިކުފާނުގެ އަނބިކަނބަލުން ނުކުމެ ވަޑައިގަތުމުން އެކަމަނާ ސިޔާސީ މަސައްކަތް ކުރައްވަނީކަމަށް ވިދާޅުވެ މިހާރު ސަރުކާރުގައި އިސްކޮށް ތިއްބެވި ބައެއް މީހުންނަށް އޭރު ކަމަކު ނުދިޔަ ކަމަށެވެ. 

އެހެންނަމަވެސް ރައިސް މުއިއްޒަށް ކެނޑިޑަސީ ލިބުމުން ފާތުމަތު އިބްރާހިމް ކެމްޕެއިންނަށް ނުކުތުމުން މިހާރުގެ ވެރިންނަށް ސިޔާސީކަމަށް އެކަން ނުވިކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އަދ މުއިއްޒުގެ ކެމްޕެއިނަށް ފާތިމަތު އިބްރާހިމް ނުކުންނެވީ އެކަމަނާ އަމިއްލަފުޅަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

ރައީސް ޔާމީން ވިދާޅުވީ ފާތުމަތު އިބްރާހިމް ޕާޓީގެ ކަންކަމުގައި ބައިވެރިވާން ނުކުތުމުން މިހާރު ސަރުކާރު ހިންގަން ތިއްބެވި މީހުންނަށް އެކަން ހަޖަމު ނުވީ ޕީޕީއެމް އޮފީސްތެރޭ ހިންގަމުންދިޔަ ކަންކަން އެނގިދާނެތީކަމަށާއި އެވާހަކަތައް އަދި ފަހުން ކިޔާދެއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

ވެރިކަމުގައި ސިޔާސީ މަސައްކަތަށް އަތްބޭނީ އެމަނިކުފާނުގެ އަނބިކަނބަލުންތޯ ނޫނީ މިހާރުގެ ފަސްޓްލޭޑީ ސާޖިދާތޯ ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ. 

" މިހާރު ކޮބައިތޯ، މިހާރުގެ މެޑަމް އެކުރައްވާ މަސައްކަތާއި ދެ ފަރާތުގެ އާއިލާ މީހުންނަށް ވަޒީފާ ދިނުމާއި މި ހުރިހާކަމެއް ކުރާއިރު ކޮބައިތޯ އެއްކަލަ ޕީޕީއެމް ޕީއެންސީގެ މީހުން ހަނު އެތީބީ ކީއްވެތޯ؟ އަދވެސް އެމީހުން އެ ތިބީ ކޮވިޑްގައި އެޅި މާސްކު އަޅައިގެންތޯ؟ މިއަދަކު ނުދައްކައޭ އެވާހަކައެއް. މިހާރުގެ މެޑަމް ނުވަތަ މިހާރުގެ ފަސްޓްލޭޑީ މިހާރު އެ އުޅުއްވާ ގޮތުން އެބޭފުޅުންނަށް އުނދަގޫ ނުވަނީތޯ؟ އެބޭފުޅުންނަށް އުނދަގޫ ރައީސް ޔާމީންގެ ވެރިކަމުގައި ހުރި އިރު އަޅުގަނޑުގެ އަންހެނުން ނުކުމެ އުޅނީމަތޯ؟." ޕީއެންސީ ޕީޕީއެމް ވެރިންނަށް ނިސްބަތްކުރައްވާ ރައީސް ޔާމީން ސުވާލުކުރެއްވިއެވެ.

ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ގެންދަވަނީ ރައްޔިތުން މަޖިލީހުގެ ކެމްޕެއިން ޖަލްސާތަކުގައި ރައީސް މުއިއްޒުގެ އަރިހިގައި ބައިވެރިވަޑައިގަންނަވަމުންނެވެ. އަދި އޭގެ އިތުރުންވެސް ގޭގެއަށް ހިންގެވުމާއި އެނޫންވެސް ކެމްޕެއިން ހަރަކާތްތަކުގައިވެސް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ގެންދަވަނީ ބައިވެރިވެޑައިގަންނަވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް