ads
ފްލެޓްތައް ހަވާލުކުރާނީ އަދިވެސް މުތާލިއާކުރުމަށްފަހު ؛ ހައިދަރު
"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ލިސްޓް މުތާލިއާ ކުރަން ޖެހޭ ކަމަށާއި ފްލެޓުތައް ހަވާލުކުރާނީ އެއަށް ފަހު ކަމަށް ގެދޮރުވެރިކަމާއި ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
Advertisement

ވަޒީރު މިހެން ވިދާޅުވީ ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަސައްކަތް ފެށުމަށް މިއަދު ހިޔާ ޓަވަރު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ. 

ވަޒީރު ހައިދަރު ވިދާޅުވީ ފްލެޓް ލިބޭ  މީހުންގެ ލިސްޓް ކަނޑައެޅި ކުރީ ސަރުކާރުންކަމުން އެއީ ޝަރުތަތަކަސް ފެތޭ ބަޔެއްތޯ ބަލަން ޖެހޭކަމަށެވެ. އެހެންކަމުން ފްލެޓް ދޭނީ އަލުން މުތާލިއާ ކޮށް ބެލުމަށްފަހުކަމަށް ވަޒީރު ވިދާޅުވިއެވެ. 

"މިހާރު އިމާރަތް ކުރެވެމުންދާ 4،000 ފްލެޓުގައި ދިރިއުޅޭނެ ރައްޔިތުން ހޮވުމުގައި ވެސް ކުރީ ސަރުކާރުން ނިންމަވާފައިވާ ލިސްޓުތައް އަޅުގަނޑުމެން އެބަޖެހޭ ކޮންމެވެސް ވަރެއްގެ މުތާލިޔާތަކެއްކޮށް، އެ ލިސްޓުތަކަކީ ކަނޑައެޅިގެން ކުރީ ސަރުކާރުން ކަނޑަޅާފައިވާ ޝަރުތުތަކަށް ފެތޭ ބަޔެއްތޯ ކަނޑައަޅަން،" ވަޒީރު ހައިދަރު ވިދާޅުވިއެވެ.

ލިސްޓުތައް އަލުން ރިވިއުކުރުމުގެ މަސައްކަތަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ނުވަންނާނެ ކަމަށާއި އެކަން ކުރާނީ ބޯހިޔާވަހިކަމުގެ ކަންތައް ބެލުމަށް ކަނޑައަޅާފައިވަނީ މިނިވަން މުސްތަގިއްލު ކޮމެޓީންކަމަށްވެސް ޑރ. ހައިދަރު ވިދާޅުވިއެވެ. އަދި ބަލާނީ ކުރީ ސަރުކާރުން އެކުލަވާލާފައިވާ އުސޫލުތަކާއި ޝަރުތަކތަކަސް ފައްތައިގެން އެކަން ނިންމުމަށްކަމަށްވެސް ގެދޮރުވެރިކަމާއި ބެހޭ ވަޒީރު ޑރ. ހައިދަރު ވިދާޅުވިއެވެ. 

ވަޒީރު ވިދާޅުވީ ޝަރުތު ހަމަނުވެގެން ލިސްޓުން އުނިވާ މީހުންނަށް ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއުތަކުން ފުރުސަތު ހޯދައިދެއްވާނެކަމަށާއި އެ ޔަގީންކަން ދެއްވާކަމަށެވެ. ސަބަބެއްކަމަށް ވިދާޅުވީ މި ފަސް އަހަރު ތެރޭގައި އެންމެންނަށް ބޯހިޔާވަހިކަން ލިބޭނެތީކަމަށް ޑރ ހައިދަރު ވިދާޅުވިއެވެ. 

" އެއީ މި ސަރުކާރުގެ މަގުސަދަކީ ފަސް އަހަރު ތެރޭގައި ހުރިހާ އެންމެންނަށް، އެއްވެސް އިސްތިސްނާ އެއް ނެތި ބޯހިޔާވަހިކަން ޔަގީންކޮށްދިނުން." ޑރ. ހައިދަރު ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުން ދިން ފްލެޓްތައް ދިނުން އޭސީސީން ހުއްޓުވާ ދެ މަސްދުވަހަށްވުރެ ދިގު ތަހުގީގެއް އެސީސިން ވަނީ ހިންގާފައެވެ. އެއަށްފަހު "ގެދޮރުވެރިޔާ" ސްކީމްގެ ފްލެޓްތައް ލިބުނު މީހުންގެ ތެރެއިން އެއްވެސް މައްސަލައެއް ނެތް މީހުންގެ ނަންތައް ހިމެނޭ ލިސްޓެއް އެ ކޮމިޝަނުން ގެދޮރުވެރިކަމާއި ބެހޭ ވަޒީރަށް ފޮނުވި ފަހުންވެސް މިހާރު ވަނީ 2 މަހަށް ވުރެ ގިނަ ދުވަސްވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް